ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުވެއްޖެނަމަ ސަރުކާރަށް އުނދަގޫކުރައްވާނެ ކަމަށާއި، ވޭތުވެދިޔަ ތަނުގައި ވެސް އެކަން ފެނިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޟް ވިދާޅުވީ ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ހަތް އަހަރުދުވަހުގައި ވެސް ޑރ.މުޢިއްޒު ކުރެއްވިހައި ވެސް ކަމަކީ ސަރުކާރަށް އުނދަގޫކުރެއްވުން ކަމަށެވެ.
އެ ގޮތުން އެމްޑީޕީ ސަރުކާރެއް އޮތް މި ދަނޑިވަޅުގައި ޑރ.މުޢިއްޒު އިންތިޚާބުވެއްޖެނަމަ ސަރުކާރަށް އުނދަގޫކުރައްވާނެ ކަމަށާއި، ވޭތުވެދިޔަ ތަނުގައި ވެސް އެކަން ފެނިފައިވާކަމަށެވެ.
ފައްޔާޟް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ހަތް އަަހަރުގައި ޑރ.މުޢިއްޒަށް ނުކުރެއްވެވުނުކަމެއް އަލަކުން ނުކުރެއްވެވޭނެ ކަމަށެވެ. އަދި މޭޔަރުކަމަށް ވަޑައިގެން ޑރ.މުޢިއްޒުއަށް ކަންކަން ކުރެއްވެވޭނެތޯ މާލޭ ރައްޔިތުން ބުއްދިއާއި ސުވާލުކުރަންޖެހޭކަމަށް ވެސް ފައްޔާޟް ވަނީ ވިދާޅުވެފައެވެ.
Thibaa sarukaarugai buroa hedhigeen ulhunas ehen meehun ehen vegeneh noolheyne
ކޮއްފަ ހުރި ކަންކަން މަދީތޯ މިސަރުކާރައް ކުރެވުނީ ކޮން ކަމެއްތޯ އެންމެ ބޮޑުވައުދު mmprc ގެިޚޔާނާތުގެ މައްސަލަ ނުބެލުނު ގެއްލިފައި ވާ މަރާލެވިފަ ވާމީހުންގެ މައްސަލަ ނުބެލުނު މާލޭގަ އުޅޭ ރައްޔިތުން ދަތުރު ދާނެ ރަށެއް ނުދެއްކުނު ނިމުނު ސަރުކާރުން 18 މަސްދުވަހުން ބިނާ ކުރަ ފުލެޓް 2އަހަރު ވީ އިރު ނުދެވުނު މިހެންގޮސް