މާލޭގައި ރައްޔިތުން ބަންދުގައި ތިއްބައި، “އައިސް ކްރީމް“ ބޯން ހުޅުމާލެއަށް ދެވޭގޮތް ހަދައިދިނީ ޕީޕީއެމް ފިކުރުންކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ މަލީހް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ ރަށު ބަންދުން ރައްޔިތުން ވީއްލާނެކަމަށް ބުނެ އެމްޑީޕީއިން ފޮނި ބައިސާ ކަނޑާތާ 18 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް އެމްޑީޕީން ވެފައިވަނީ ހުސް ހޮޅި ވަޢުުދުކަމަށް މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ މާލޭގައި ރައްޔިތުން ބަންދުގައި ތިއްބައި، ”އައިސް ކްރީމް“ ބޯން ހުޅުމާލެއަށް ދެވޭގޮތް ހަދައިދިނީ ޕީޕީއެމް ފިކުރުންކަމަށެވެ.
”މާލެ ބަންދުން ރައްޔިތުން ވީއްލައި، އައިސް ކްރީމް ބޯން ހުޅުމާލެއަށް ދެވޭގޮތް ހަދައިދިނީ ޕީޕީއެމް ފިކުރުން. ދޯނި ފެރީއަަށް ނާރައި ކާރުން ރާސްލާފައި އެއާރޕޯޓަށް ދެވޭގޮތް ހެދީ ޕީޕީއެމްއިން“ މަލީހްގެ ޓްވީޓުގައިވެއެވެ.
މީގެ އިތުރުން މަލީހް ވަނީ އެމްޑީޕީއަށް ބުރިޖެއް ނޭޅޭނެ ކަމަށާއި، ދެން ވެސް ބުރިޖު އަޅާނީ ޕީޕީއެމުން ކަމަށް ވެސް ވިދާޅުވެފައެވެ.
އައިސްކިރީމް ބޮއި ނިމުން އިރު ފާފު ަަތޮޅު އޮތީ ވިއްކާލާފަ
ކައުންސިލައް ބޮޑު ބަޖެޓު ތައް ކަނޑައަޅާފަ ހޮވުނީމަ ބުނާނީ ލާރިހޯދާނީ ޢެރަށެއްގެ ބައެއް އެރަށަކުން ކަމަށް ކޮންމެހެން ޓުއަރިސްޓް ހޮޓެލސް ތައް ހިންގޭނީ ފަޅުރަށްރަށުގައި އެކަނި ނޫން ކަމާ ކޮންމެ ރަށަކީވެސް ގެސްޓުން ގެނެސްގެން އާމްދަނީ ލިބޭ ނެ ރަށެކޭ ކިޔާފަ އެންމެން އެކަން ކުރުމައް ގޮވާލާނީ ބަނގު ރަލާ ކެސިނޯ ގެ ޚިދުމަތް ލިބެންޏާ ޑޮލަރު ލިބޭ ވަރު އިތުރު ވާނޭ ކިޔާފަ އެކަންވެސް ކުރާނެ އަދި
Dhen keevetho 2018ga Maleehu thikan hadhaan nethunee.