މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަހުދަތު އަދި ޖީލުތަކަށް ދެމިގެން އައިސްފައިވާ ދީނީ ތާރީހަށް ހެކިދޭ އެހާމެ މުހިންމު އަދި ހާއްސަ ބިނާއަކަށް ވާއިރު، މިސްކިތުގެ ގޯތި ތެރޭ ގިނަ އަދަދެއްގެ ކުނި ޖަމާ ކޮށްފައި ހުރި މައްސަލެއް ފެންމަތިވެއްޖެއެވެ.
މިކަމާއި ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކު މައުލޫމާތު ދެމުން ވިދާޅުވީ، އެކުނި ތަކަކީ، ބަޔަކު މީހުން ގަސްތުގައި އެތަނަށް އަޅާފައިވާ ކުނިތަކެއް ކަން އެނގިފައި ވާކަމަށާއި، އެކުނިތައް ނެގުމަށް ކައުންސިލުން އުޅުމުން، ކައުންސިލްގެ އިސް ފަރާތެއް އެކަމަށް ހުރަސް އަޅާފައި ވާކަމަށެވެ. އަދި އެކުނިތައް ނަގަންޖެހޭނީ، ދެން އަންނަ ކައުންސިލަކުން ކަމަށްބުނެ، އެކަމާއި ދެކޮޅު ހެދިކަމަށްވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ދިޑެއިލީއަށް މައުލޫމާތު ދެއްވި ފަރާތްވަނީ ބުނެފައެވެ.
މީސްމީޑިއާގައި ދަރުވަމުންދާ ފޮޓޯތަކަށް ބަލާއިރު، މިސްކިތުގެ ގޯތި ތެރޭ ގިނަ އަދަދެއްގެ ކަޅު ކޮތަޅާއި، ފޮށިގަނޑުތަކެއް ވަނީ ޖަމާކޮށްފައެވެ.
އެކަމާއި ގުޅިގެން މީސްމީޑިއާގައި ނުރުހުން ފާޅުކުރި ފަރާތެއް ބުނެފައިވަނީ، މާލޭގެ ސިޓީ ކައުންސިލުގައި، އެމްޑީޕީ މެމްބަރުން ތިބެ ކުރެވުނު ކަމެއް ނެތް ކަމަށާއި، އާރާއި ބާރު އޮވެމެ، މިކަން މިގޮތަށް ވުމުން، ޒިންމާ އަދާ ނުކުރެވޭ ޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓު ދޭން ބޭނުން ނުވާކަމަށެވެ. އަދި މިއީ ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ކުޑަކަން ދައްކުވައިދޭ ހެއްކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
1066 ހ. އައްސުލްތާން އިބްރާހިމް އިސްކަންދަރު 1 ގެ އަމުރުފުޅަށް މާލޭ ހުކުރު މިސްކިތް ބިނާކުރަން ފެށުނީ އޭރު ހުރި މިސްކިތް ޖާގައިގެ ގޮތުން ކުޑަވުމުގެ ސަބަބުން މީސްތަކުންނަށް ނަމާދުގެ އަޅުކަން އަދާކުރުމަށް ދަތިވުމުންނެވެ. އެގޮތުން އިހުގެ ހުކުރު މިސްކިތް ތަޅާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިރިގާ ނަގައިގެން ގެނެސް މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށުނެވެ. 15 ޖޫން 1656 މ. ގައި އައްސުލްތާން އިބްރާހިމް އިސްކަންދަރު 1 މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވުމަށް ފަހު މިސްކިތް ބިނާކުރެވިފައި ވަނީ ވެސް ރަދުންގެ ބެއްލެވުމާއި އިރުޝާދުގެ ދަށުންނެވެ. ހުކުރު މިސްކިތް މިހާރު އެހުރީ ސަރަހައްދަކީ 1153 މ. ގައި ދިވެހިރާއްޖޭގެ ފުރަތަމަ ސުލްތާން މުހައްމަދު އިބްނި އަބްދުﷲ ރާއްޖެއަށް އިސްލާމްދީން ގެނެސްދިނުމަށް ފަހު އެޅި ބިނާ ހުރި ތަނުގައެވެ.
Adhives miulhey laadheenee nasheedu agavaramundhuvaane kobaatha mdp gekaunsilaru zimmaa adhaanukure veynama isthiufaa dheefa geygaovey miulhey laadheenee nadheedu bunaane mdp ashey kaunsil dheynvee kobaa hayaah konkameh kurevenee kanthah kureveynee hamabuhdheega thibey meehunna
ތިޔަ ޢަމަލަކީ ގަސްދުގައި އިސްލާމްދީނަށް ފުރައްސާރަކުރުން. ތިޔައީ ބަލައިގަނެވޭނެ ކަމެއް ނޫން.
Mihaaru alhaafa huri kuni keevve baa anna council in saafu kuran vee hey budhi filaafa thibi baye nu thiya council ga thi thi bee kobaa tha Yumana hukuru miakiy belehettu makee e kanbuley ge kame noon baa
Mihaaru alhaafa huri kuni keevve baa anna council in saafu kuran vee hey budhi filaafa thibi baye nu thiya council ga thi thi bee kobaa tha Yumana hukuru miakiy belehettu makee e kanbuley ge kame noon baa