ކޮވިޑް 19 އަށް ރާއްޖެއިން އިތުރު 145 މީހުން ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މާލެ ސަރަހައްދުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ، 85 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އަތޮޅު ތެރެއިން 39 މީހަކު ފައްސިވެފައި ވާއިރު، ރިސޯޓުތަކުން 19 މީހަކު އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން 2 މީހަކު ބައްޔަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް 25،053 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. ބަލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 3،079 މީހުން ތިބިއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 73 މީހުންނަށެވެ.
މުޅި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 21،898 މީހަކު ރަނގަޅު ވެފައި ވާއިރު، މިބަލީގައި ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ.