ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފަށައިފިިިއެވެ.
ފުލުހުން ބުނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާއި ގުޅިގެން، އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ މއ. ކަޅުފެހިގެ، ޢުމުރުން 50 އަހަރުގެ ޖަޢުފަރު ޝަފީޢު ހާޒިރުކޮށްދިނުމަށް އެދި ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ޢަމުރުކޮށްފައިވާ ކަމަށެވެ.
ސިވިލް ކޯޓުން ފުލުހުންނަށް އަންގައިފައިވަނީ މި މަހުގެ 07 ވަނަ ދުވަހުގެ 10:45 އަށް، ޖަޢުފަރު އެ ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.
އެހެންކަމުން ޖަޢުފަރާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.