ދެ ސްކޫލެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގއ.ނިލަންދޫ ސްކޫލާއި، ގއ.ދެއްވަދޫ ސުލްޠާން މުހައްމަދު ސްކޫލުގެ މަސައްކަތްތަކެއް ކުރުމަށް، ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ގއ.ނިލަންދޫ ސްކޫލުގެ 04 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ، 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 3،246،108.14 (ތިން މިލިއަން ދެލައްކަ ސާޅީސް ހަހާސް އެއްސަތޭކަ އަށް ރުފިޔާ ސާދަ ލާރި) އަށެވެ.
ހަމައެހެންމެ ގއ.ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލްގައި ޤާއިމުކުރަން ހަމަޖެހިފައިވާ 02 ކްލާސްރޫމާއި، ހެލްތު ރޫމަކާއި، ލައިބްރަރީ ޢިމާރާތުގެ މަސައްކަތްތައް 120ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ 3،687،804.94(ތިންމިލިއަން ހަލައްކަ އަށްޑިހަ ހަތް ހާސް އަށްސަތޭކަ ހަތަރު ރުފިޔާ ނުވަދިހަ ހަތަރު ލާރި)އަށެވެ.