ބުރާސްފަތި, އޭޕްރިލް 22, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރައީސް ޞާލިޙަކީ ”އަަވަސް ތަރައްޤީގެ ބާނީ“: އާޒިމް

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
އޭޕްރިލް 6, 2021
ޚަބަރު
0
ރައީސް ޞާލިޙަކީ ”އަަވަސް ތަރައްޤީގެ ބާނީ“: އާޒިމް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ”އަަވަސް ތަރައްޤީގެ ބާނީ“ ކަމަށް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ސިފަކުރައްވައިފިއެވެ.

ADVERTISEMENT

މ.މުލަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއި، މީމު މަސް ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފައެވެ.

މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މި ރަސްމިއްޔާތުގައި، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަޞީރާއި، މ.މުލަށް ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމާއި، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިއަދު ވެސް އެމްޓީސީސީއާއި ހަވާލުކުރެވިގެން މިދިޔައީ ރައްޔިތުން ބޭނުންވާ ބޮޑު ކަމެއްގެ ޒިންމާ ކަމަށެވެ.

”އަޅުގަނޑުމެން އެމްޓީސީސީން މިއަދު ވަނީ ރައްޔިތުންގެ އިތުބާރު ހޯދާފަ. އެ އިތުބާރު މި ހޯދެނީ ވަރަށް ބުރަ މަސައްކަތެއް ކޮށްގެން އަދި ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން މިކަން މިކުރެވެނީ. އެމްޓީސީސީގެ ހުރިހައި ލޮބުވެތި މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުން. އެކަމަށްޓަކައި އެމްޓީސީސީއަށް ހޯދައިދެއްވި އިތުބާރަށްޓަކައި އެމްޓީސީސީގެ ހުރިހައި ލޮބުވެތި މުވައްޒަފުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވައިލަން ބޭނުންވޭ.“ އާޒިމްގެ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ މަސައްކަތްތައް ފަށައި، ކަނޑައެޅިފައި އޮންނަ ދުވަހަކަށް ނިންމާ ކުންފުންޏެއް ކަމަށެވެ. އެ ގޮތުން ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދިޔަ ނުދިނުމަށްޓަކައި، މި މަސައްްކަތްތައް އަންނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހަށް ނިންމާނެކަމުގެ ޔަޤީންކަންދެއްވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ މިއަދު އެމްޓީސީސީއަކީ މަސައްކަތް ފަށައި މަސައްކަތް އެ ބުނާ ދުވަހަކަށް ނިންމައި އެ ގަޑިއަކަށް ނިންމައި ކުންފުންޏަކަށްވާތީވެ އެ އިތުބާރު ގެއްލިގެންދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހައި މަސައްކަތެެއްކޮށް އިރާދަކުރެއްވިއްޔާ މި ޝޯޕްރޮޓެކްޝަންގެ މަސައްކަތް 21 ޖުލައި 2021 ގެ ކުރިން ނިންމައިދޭނަން.“ އާޒިމް ވިދާޅުވިއެވެ.

13.56 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މީމު މަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއިކުރެވުނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 22240 ކިއުބިކް މީޓަރުގެ ސަރަހަައްދެއްގެ ބިން ހިއްކުމަށާއި، 8640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު
ފުންކުރަން ހަމަޖެހިފައިވެއެވެ. ހަމައެހެންމެ 160 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އޭގެ އިތުރުން 3200 އަކަ މީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހެދުން ވެސްހިމެނެއެވެ.

ހަމައެއާއެކު މ.މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ ހުސްވިމަހުގެ 29 ގައެވެ.17.66 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

”މީގެން ކޮންމެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް. މިއީ ފަސޭހަ މަސައްކަތެއް ނޫން. އެހެންނަމަވެސް ރައީސް ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން އަވަހަށް ހޯދައިދިނުން. އެތައް ޒަމާނެއްގެ ހުވަފެނެއް މީ. އިއްޔަކު މިއަދަކު ހުވަފެނެއް ނޫން. މިކަންތައްތަކުގެ އިންތިޒާރުގައި ތިބޭކަށެއް މި ސަރުކާރަކުން ބޭނުމެއްނުވޭ. އިންތިޒާރުގަ ތިބެގެން ފަންސާހަކަށް ފަސްދޮޅަހަކަށް އަހަރު ވޭތުވެގެން މިދިޔައީ. ދެން އިންތިޒާރެެއް ނުކުރެވޭނެ.“ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ޤަބޫލުކުރަނީ މިއީ ރައްޔިތުންގެ އެތައް އުންމީދަކާއި ގުޅިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެމްޓީސީސީން ބޭނުންވަނީ ރައީސް ބޭނުންވާ ގޮތަށް އަވަސް ތަރައްޤީއެއް ގެންނަންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

”މިއަދުގެ ރައީސްއަކީ އަަވަސް ތަރައްޤީގެ ބާނީއޭ ބުނުމަކުން ދޮގަކަށް ނުވާނެ.“ އާާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ވާހަކަ މި ދައްކަވަނީ ޢަމަލުން ދައްކާފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މަޤާމުގެ ނުފޫޒުން ޢާއިލާއަކަށް ވެސް، ރަޙްމަތްތެރިއަކަށް ވެސް ފްލެޓެއް ނުބަހަން: ޑރ.މުޢިއްޒު

މަގުތައް އަމާންކުރުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން އިސްކަންދޭނެކަމަކަށް ހަދާނަން: ޑރ.މުޢިއްޒު

އޭޕްރިލް 22, 2021
ހަނިމާދޫ މޮނިޓަރިންގެ ހާލަތަށް!

ހަނިމާދޫ މޮނިޓަރިންގެ ހާލަތަށް!

އޭޕްރިލް 22, 2021
މާލެ މަގުމަތިން ކެޕްޓަން އިހުސާނާއި ދިމާކޮށްލައިފި

ބަރުލަމާނީގެ ވާހަކަ ދައްކަމުން އަންނައިރު ދެކަމެއް ފުރިހަމައެއްނުވޭ: އިޙްސާން

އޭޕްރިލް 22, 2021
ޢަދަދުތައް މަދެއްނުވި، މިއަދު 59 މީހުން ޕޮޒިޓިވްވެއްޖެ

އިތުރު 164 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޕްރިލް 22, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0
  • ޤިޞާޞް ހިފުމަށް އިންކާރުކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވެއްޖެ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ކަނަމަދު ކޭކު

    0 shares
    Share 0 Tweet 0
  • ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In