ސަރުކާރުގެ ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓީޗަރުން އަދި ސިވިލް ސާވިސް ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން އެ ފްލެޓް ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ކުރިއަށްހުރި ހައުސިން މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީއިން ރޭގައިކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފުރުސަތަކީ ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެހެންކަމުން އެ ފުރުސަތުގެ ދަށުން ހުރި ހައުސިން މަޝްރޫއުތަކުގެ ފްލެޓްތައް ވެގެންދާނީ އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ ފްލެޓްތަކަކަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.
އަދި އެ ފްލެޓްތަކަކީ ތިން ކޮޓަރީގެ ފްލެޓްތަކެއް ކަމަށްވެސް ހައުސިން މިނިސްޓްރީއިން ބުނެއެވެ.
މިނިސްޓްރީއިން ބުނެފައިވަނީ އެ ފްލެޓްތައް ދޫކޮށްލާ ފަރާތްތަކުން މިއަދުން ފެށިގެން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 19ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.