އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އިތުރު ޖެނެރޭޓަރުތަކެއް މިއަދު ގެނެސްފިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަހާއި ހޫނު މޫސުން ކަމަށްވާއިރު، އައްޑޫގެ ކަރަންޓުގެ ހާލަތު ވަރަށް ނާޒުކު ހާލަތެއްގައި އޮތުމާއެކު އެކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ގެނައުމުގެ ގޮތުން ގެނައި ޖަނެރޭޓަރުތަކެއް ކަމަށެވެ.
ކަރަންޓުގެ މައްސަލައަށް މިކަމުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި އައްޑޫގައި ކަރަންޓު ކެނޑިގެންދާނެ ފަދަ ގޮތަކަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާނެ ކަމަށާއި މަސައްކަތް އަބަދު ވެސް ރޭވިފައި ހުންނާނީ ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ވަސީލަތް ފޯރުކޮށްދިނުމަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އައްޑޫއަށް މިއަދު ގެންގޮސްފައި ވަނީ 3 މެގަވޮޓްގެ ޖެނެރޭޓަރުތަކެކެވެ.