ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.
ރައީސް ޞާލިޙް މިރޭ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިއަދު ޖައްސަވައިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިފަހުން 08 ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، ވީހާވެސް އަވަހަށް ދެވަނަ ޑޯޒު ޖެހުމަށް އިލްތިމާސް ކުރައްވައިފައެވެ. އޭރުން މި ބަލިމަޑުކަމުން އަރައިގަނެވޭނެކަމަށް ވިދާޅުވެ ރައީސް ވަނީ އުންމީދު އާ ކޮށްދެއްވައިފައެވެ.
ރައީސް ފުރަތަމަ ޑޯޒު ޖެެއްސެވީ ރާއްޖޭގައި ފުރަަތަމަ ވެކްސިންޖެހި ދުވަސްކަމަށްވާ ފެބްރުއަރީ 01 ގައެެވެ. އެ ދުވަހުގައި ރައީސް ނަޝީދު ވެސް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެއްސެވިއެވެ. ހަމައެހެންމެ ރައީސް ނަޝީދު މިއަދު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖައްސަވައިފައެވެ.