ތ.ވިލިފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ވިލިފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން އަންގައި އެޗްޕީއޭއިން ވަނީ އެ ރަށު ކައުންސިލަށް ލިޔުން ފޮނުވައިފައެވެ. އެ ލިޔުމުގައި ވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ވިލިފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިލިފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.