ފުވައްމުލަކު ސިޓީން ކަރަންޓީނުގައި ނެތް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިކަން ހާމަކޮށް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން މިއަދު ބުނީ އިއްޔެ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިޔާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 2 ޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
”މި ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރެވެމުން. ބަލިން ރައްކާތެރިވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް, ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބަހައްޓަވާ“ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ބުންޏެވެ.
ފުވައްމުލަކުން އިތުރު ދެ މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ދެ މީހުން ހިމެނޭހެން އެ ރަށުގައި ކޮވިޑު ޖެހިފައި ތިބި 09 މީހުން އެބަ ތިއްބެވެ.