މިޔަންމާގެ މުޒާހަރާތަކުން 2،751 މީހުން ހައްޔަރުކޮށްފައި ވާ ކަމަށާއި އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 550 އަށް ވުރެ މައްޗަށްއަރާފިއެވެ.
ފެބްރުއަރީ މަހުގައި މިޔަންމާގެ ިޔަންމާގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތް ހިންގައި މިޔަންމާގެ ލީޑަރު އަންގް ސަން ސޫކީގެ ސަރުކާރު ވައްޓާލުމާއި ގުޅިގެން އެ ޤައުމުގެ އަސްކަރިއްޔާ އިން ހިންގި ބަޣާވާތާއި ދެކޮޅަށް އެ ޤައުމުގެ ެ ރައްޔިތުން ކުރިޔަށް ގެންދާ މުޒާހަރާތަކުގައި މިހާތަނަށް 550ށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ބާރުތަކުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށާއި ތެރޭގައި 46 ކުޑަދިންވެސް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މިޔަންމާގެ މުޒާހަރާތަކުގައި 2،751 މީހުން ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.
އެ ޤައުމުގެ އަސްކަރިއްޔާއިން އެތަށް ސަތޭކަ ރައްޔިތުންނެއް ގެއްލުވާލާން މަސައްކަތް ކުރާ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާއިރު، މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ގެންދިޔައީ ކޮންތާކަކަށް ކަން ވެސް މިހާތަނަށް އެނގިފައި ނުވާކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އެކަމުގެ ތަފްޞީލް ހާމަކޮށްފައި ނުވެއެވެ.
އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ދަނީ ކަރުނަ ގޭސް ޖަހާ، ރަބަރު އުންޑަ އާއި ބަޑި ޖަހަމުންނެވެ. މިކަމުގެ ސަބަބުން އެއްވުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ ކުރިއަށް ވުރެ މަދުވެފައެވެ.