ޚިޔާލީ ފޮލާގައި ހަޔާތް ދުއްވައިނުލައްވައި، ލެއްވި ރަޙްމަތަށް ޝުކުރުވެރިވެވަޑައިގަންނަވާން ދަސްވިނަމަ މާ ރަނގަޅުވީސްކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ)، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދަށް ރައްދު ދެއްވައިފިއެވެ.
ޝިފާޒް މިހެން ވިދާޅުވީ އެމްޑީޕީއަށް ފާޑު ވިދާޅުވެ ޑރ.ޖަމީލް އިއްޔެ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އައްޑުއަށް ނިސްބަތްވާ އެމްޑީޕީ މެންބަރަކަށް އެ ސިޓީއަށް އެއްވެސްކަމެއް ކޮށްދެވިފައިނުވާ ކަމަށް ވިދާޅުވެފައެވެ.
”އެއްދުވަހު ޕައުންޑް ގޯނި، އަނެއްދުވަހު ޖަމްޕްޖެހުން. އެންމެފަހުން ތަންތާ ނަން ބަދަލުކުރުމަކީ މިހާރު ކެމްޕެއިނެއްގައި އެމްޑީޕީން އަައްޑޫ ރައްޔިތުންނަށް ކުރާ ސިލްސިލާ މަލާމާތުގެ ބައެއް. ބާރަށު ޝިފާޒަށް ކޮށްދިންވަރުވެސް އައްޑޫ ރަތްލާޖެހި އެމްޑީޕީމެމްބަރަކަށްނުވި. ޕީޕއެމްގެ މޭޔަރު އަދި ކެންޑިޑޭޓުންނަށް ވޯޓުދެއްވާ. އައްޑޫގެ ތަރައްޤީ ކަށަވަރުވާނެ.“ ޑރ.ޖަމީލް ވިދާޅުވިއެވެ.
މި ވާާހަކަތަކާއި ގުޅިގެން ޝިއްޕެ ވިދާޅުވީ ޑރ.ޖަމީލަށް ރާއްޖެ ވަޑައިގެންނެވުނީ އެމްޑީޕީ މެންބަރުންގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ޚިޔާލީ ފޮލާގައި ހަޔާތް ދުއްވައިނުލައްވައި، ލެއްވި ރަޙްމަތަށް ޝުކުރުވެރިވެވަޑައިގަންނަވާން ދަސްވިނަމަ މާ ރަނގަޅުވީސްކަމަށް ވެސް ޝިއްޕެ ވިދާޅުވިއެވެ.
އައްޑޫގެ ރައްޔިތުންނަށް ކަމެއް ކޮއްދޭން ޕީޕީއެމް އިން ބޭނުންވާ ނަމަ ވެރިކަންކުރި 7 އަހަރު އަޅާނުލާ ދޫކޮށެއް ނުލީސް
ތިޔަބުނާޝިފާޒް ވެބްކެމް ގައިކުރިމަސަށްކަތް މަށްސަލަ އޮށްބާލީމާ ޝުކުރުކޮށްބަލަ