ރާއްޖޭގައި ތިބި ސިއްހީ ހާއްސަ ހާލައްތައް މެދުވެރިވެފައިވާ ކުޑަ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ނިންމާފައި ވާކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މިރޭ ބުނެފިއެވެ.
އެއިދާރާއިން މިރޭ ބުނެފައިވަނީ، ފައިޒާ ވެކްސިން އަކީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށް ދެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ވެކްސިނެއް ކަމަށްވާތީ، ރާއްޖޭގައި ތިބި އުމުރުން 16 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ސިއްހީ ހާއްސަ ހާލައްތައް ހުންނަށް ކުދިންނަށް ވެކްސިން ދިނުމަށް ނިންމާފައި ވާކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، މިވެކްސިން ދިނުމުގައި ބަލާނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ ކުދިންނާއި، ޑަޔަލިސިސް ހަދަމުންދާ ކުދިންނާއި، އިމިއުނޯސަޕްރެންޓު ކުދިންނާއި އަދި ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރެޕީ ހަދަމުންދާ ކުދިންނަށް ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ، https://docs.google.com/forms/d/e/1FAIpQLSd0k-b7L_PAhK3pUzIyGBMO4-o5hJH7ZFPQTzu6o7_WoUlnsQ/viewform މެދުވެރިކޮށް މި ކުދިން ވެކްސިން ޖެހުމަށް ރަޖިސްޓަރ ވާން ޖެހޭނެ ކަމަށެވެ.
ރާއްޖެއަށް ފައިޒާ ވެކްސިންގެ 5500 ޑޯޒް ވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ލިބިފައެވެ.