މާރޗް މަހުގެ 31 ވަނަ ދުވަހު، ލ އަތޮޅު ކައްދޫގައި މޫދައް އެރި އުޅެނިކޮށް ނިޔާވި، ސިފައިންގެ ލާންސްކޯޕްރަލް ހުސެއިން ފާރިޝް ލިޓަސް އަށް ދައްކަން ހުރި ހުރިހާ ދަރަންޏެއް މާފުކޮށްފައި ވާކަމަށް އެކުންފުނިން ބުނެފިއެވެ.
ލިޓަސް އިން ވަނީ، ފާރިޝްގެ އާއިލާއަށް އެ ކުންފުނިން ފާރިޝް އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލަށް، ނުދެއްކި އޮތް ބައިލައްކައަށްވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ މެނޭޖްމެންޓުން މައާފްކޮށްދީފައިވާ ކަމަށްބުނެ ސިޓީއެއް ފޮނުވާފައެވެ.
ފާރިޝް ގެއްލިގެން ހޯދަމުން ދާކަމަށް ބުނެ އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވަނީ، އެދުވަހުގެ ހަވީރު 16:20 ހާއިރުއެވެ. ފާރިޝް ނިޔާވެފައި އޮތްވާ ފެނުނީ، މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް، އެރޭ 08:50 ހާއިރު ކޯސްޓު ގާޑޫގެ ޑައިވަރުންނަށެވެ.
ލިޓަސް އިން ވަނީ މީގެ ކުރިން އެމްޕީއެލްގައި ބިއްލޫރި ޕެލެޓްގައި ދަށުވެ ނިޔާވި ނ. ލަންދޫ ފޭރުގަސްދޮށުގެ އަބްދުﷲ އާސިމް، ލިޓަސް އަށް ދައްކަން ހުރި ހުރިހާ ދަރަންޏެއް ވެސް މާފުކޮށްދީފައެވެ.