އާދިއްތަ, އޭޕްރިލް 11, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދައުލަތުން ދައްކާ ވާހަކައިގެ އަގެއްނެތްކަމަށް ވިދާޅުވެ ޤާސިމް ވަރުގަދަ ރައްދެއް ދެއްވައިފި

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
އޭޕްރިލް 4, 2021
ޚަބަރު
3
ހުޅުވާނީ ބޮޑު ޝޮޕިން މޯލްއެއް، މާރުކޭޓު ގޮޅިއެކޭ ކިޔަނީ އަސަރުކުރާތީ: ޤާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ގދ.ކާޑެއްދޫ އެއަރޕޯޓު އަދިވެސް އޮތީ ކުރިން އޮތް ހާލަތުގައި ކަމަށާއި، ގެނެވުނު އެއްވެސް ބަދަލެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެެއެވެ.

ADVERTISEMENT

ކާޑެއްދޫ އެއަރޕޯޓް ހިންގުން ވިލާ އެއަރއަށް 2013 ވަނަ އަހަރުގައި ދިން ނަމަވެސް، 2017 ވަނަ އަހަރުގައި ސަރުކާރުން ވަނީ އެ ތަން އަތުލައިފައެވެ. އެއަރޕޯޓު އަތުލާފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންްގަނޑުތަކާއި ޚިލާފަށް އެތަން ހިންގާކަމަށް ބުނެފައެވެ.

ވިލާ އެއަރއިން މި މައްސަލަ ކޯޓަށް ހުށަހެޅުމުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ސިވިލް ކޯޓުން ނިންމީ އެއްބަސްވުން ބާޠިލްކުރީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެ ގޮތުން އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށެވެ. ހަމައެހެންމެ ހައިކޯޓުން ވަނީ މި ޙުކުމް ދަމަހައްޓައިފައެވެ. އެހެންކަމުން ދައުލަތުން މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރީއެވެ.

ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އެއަރޕޯޓު ހިންގަންޖެހޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންްގަނޑުތަކާއި އެއްގޮތަށްކަމަށްވިޔަސް، އޭގެ ހަތަރު އަހަރު ފަހުން އެއްބަސްވުން ބާޠިލްކުރުމާއި ހަމައަށް ވިލާ އެއަރލައިނުން އެ ކަންތައްތައް ފުރިހަމަކޮށްފައިނުވާ ކަމަށެވެ. ދައުލަތުން ބުނީ ކާޑެއްދޫ އެއަރޕޯޓު ހިންގަން ވިލާ އެއަރލައިނަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކުރީ ވަގުތީ ލައިސަންސެއް ކަމަށާއި، އެ ގޮތަށް ޢަމަލުކުރީ މިންގަނޑުތަކަށް އެ ތަން ނުފެތޭތީ ކަމަށެވެ. އެ ގޮތުން އެފަދަ ހާލަތެއްގައި އެއްބަސްވުން ބާޠިލުކުރުމުގެ ބާރު ދައުލަތަށް އޮންނާނެކަމަށެވެ.

މީގެ އިތުރުން އެއަރޕޯޓު ހުއްޓައިލަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިން އަންގާފައިނެތީ އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތައް މުޅިން ހުއްޓިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށާއި، އެ ގޮތުން އެއަރޕޯޓު ހިންގުން ހުއްޓައިލަން އަންގާފައިނުވުމަކީ މިންގަނޑުތަކަށް އެތަން ފެތޭނެކަމަށް ބެލެވޭނެކަމެއް ނޫން ކަމަށެވެ.

ދައުލަތުން ދެއްކި ވާހަކަތަކާއި ގުޅިގެން ޤާސިމް ވިދާޅުވީ އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތައް މުޅިން ހުއްޓިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށް ބުނެ، މިންގަނޑުތަކާއި ޚިލާފު އެއަރޕޯޓެއް ހިންގުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދައެއް ނުދޭނެ ކަމަށެވެ.

”ދައުލަތުން އެ ވިދާޅުވަނީ ސިވިލް އޭވިއޭޝަނުން ގދ.އަތޮޅު ހިސާބުގެ ރައްޔިތުންނަށް ފަސޭހައަކަށްޓަކައި، މަތިންދާ ބޯޓު ލޭންޑްކުރަން ބޮޑު ރިސްކެއް ނަގައި އެކަން ކުރައްވާފައިވާކަމަށް. އަޅުގަނޑު ދަންނަވާނީ އެއްގޮތަކަށް ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކަހަލަ އެންމެ ރިސްކެއް ނަންގަވާކަށް ފުރުސަތެއް ނުދެއްވާނެކަން އިނގޭތޯ. އެ ބޭފުޅުންގެ ވަރަށް ބޮޑު މިސް އަންޑަސްޓޭންޑިންގއެއްކަމަށް އަޅުގަނޑު ދެކެނީ. ސިވިލް އޭވިއޭޝަންގަ ކޮމްޕްރޮމައިޒެއް ނުކުރާނެ ސޭފްޓީއެއް.“ ޤާސިމް ވިދާޅުވިއެވެ.

ހަމައެހެންމެ އެއަރޕޯޓު އަދިވެސް އޮތީ ކުރިން އޮތް ހާލަތުގައި ކަމަށާއި، އެތަން ރަނގަޅުކުރަން ގެނެވުނު އެއްވެސް ބަދަލެއް ގެނެވިފައިނުވާތީ ދައުލަތުން ދައްކާ ވާހައިގައި އަގެއް ނުވަތަ ބުރަދަނެއް ނެތްކަން ސާބިތުވާކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

”އެހެންވީމަ މިއަދު ވެސް އަޅުގަނޑުމެން ދޫކޮށްލިއިރު އޮތް ގޮތަށް އެ ރަންވޭ އޮޕަރޭޓްކުރަމުން އެދަނީ. އަޅުގަނޑުމެން ދޫކޮށްލިއިރު، އެ ތަން އޮތަގޮތަށް އެއަރޕޯޓު ހިނގަމުން އެ ދަނީ. އެހެންވީމަ އެ ދައްކަވާ ވާހަކަފުޅުއެއީ… ސަރުކާރުގެ ފަރާތުން ދައުލަތުގެ ފަރާތުން އެ ދައްކަވާ ވާހަކަފުޅުއެއީ މާ ބޮޑު އަގެއްހުރި ވާހަކައެއްނޫންކަން އަދި ބުރަދަނެއް ހުރި ވާހަކައެއް ނޫންކަން ސާބިތުކޮށްދެނީ އަޅުގަނޑުމެން އެތަނުން ނެރެ، މިއަދާ ހަމައަށް ވެސް އެ އެއަރޕޯޓު ރަނގަޅުކުރުމަށްޓަކައި ސްޓްރަކްޗަރަށް ނުވަތަ އެހެންކަމަކަށް ވެސް ގެނައި ބަދަލެއް ނެތް އިނގޭތޯ.“ ޤާސިމް ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމައިލައިފައިވާއިރު އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނާނީ ޙުކުމްކުރެއްވުމުގެ މަޖިލީސްކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ކޮވިޑް-19: 24 ގަޑިއިރުތެރޭގައި 16 ކޭސް

އިިތުރު 93 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޕްރިލް 11, 2021
މާރިޗު 15 ގެ ފަހުން ވޭމަންޑޫން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި

މާރިޗު 15 ގެ ފަހުން ވޭމަންޑޫން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި

އޭޕްރިލް 11, 2021
ޕީޕީއެމް އިން ވާދޫ ކައުންސިލްގެ ސުޕަރ މެޖޯރިޓީ 4 ވަނަ ފަހަރަށް ދިފާޢުކޮށްފި

ޕީޕީއެމް އިން ވާދޫ ކައުންސިލްގެ ސުޕަރ މެޖޯރިޓީ 4 ވަނަ ފަހަރަށް ދިފާޢުކޮށްފި

އޭޕްރިލް 11, 2021
ހަތަރު މީހުން ޕޮޒިޓިވްވުމުން ކިނބިދޫ  މޮނިޓަރިންއަށް!

ހަތަރު މީހުން ޕޮޒިޓިވްވުމުން ކިނބިދޫ މޮނިޓަރިންއަށް!

އޭޕްރިލް 11, 2021

ކިޔުންތެރިންގެ ޚިޔާލު 3

  1. ބޮކުޝާ says:
    1 week ago

    އެއީ ދައުލަތުގެ އެއްވެސް އަގެއް ނެތްކަން. އެއީ ދައުލަތާ ގުޅިގެން ކުރާ ވައްކަން. މި ސަރުކާރަކީ ވައްކަމުގެ އައްޕަ.

    Reply
  2. Nainaa says:
    1 week ago

    ގާސިމޫ އެކަމާ ދެން ނޫޅޭ އެތަން އެއޮތީ މިހާރު އިންޑިއާ އަށް ދީފަ.

    Reply
  3. ރަޝީދު says:
    1 week ago

    ދައުލަތުގެ އަގުހުރިކަމުގެ ހެއްކެއް ނޫންބާ ޅައަންބަކާއެކު ރަށުގަބަހައްޓާފަ ދައުލަތުން މުސާރަދެމުންއެދަނީ!

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    0 shares
    Share 0 Tweet 0
  • އަޅުގަނޑުމެންނަށް މި އޮތް ދެއަހަރުތެރޭގައި މުޢިއްޒު ނިކަމެތި ކޮށްލެވިދާނެ: ނަޝީދު

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ނާކާމިޔާބީއާއި ގުޅިގެން، އެ ޕާޓީގެ ކުރީގެ ރައީސުންގެ ވަރުގަދަ ރައްދުތަކެއް!

    0 shares
    Share 0 Tweet 0
  • ”މާލޭ ރައްޔިތުންގެ ޑިކްޝަނަރީން އަންނިގެ ނަން ފޮހެލައިފި“

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In