ވ.ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ތިނަދޫ ކައުންސިލުން ބުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު ފުރުމުގެ ކުރިން ނެގި ސާމްޕަލު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭނާއާއި ރަށުގެ މީހަކާއި ކޮންޓެކްޓުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އެ ގޮތުން އޭނާ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ކުރަމުން އަންނަކަމަށް ވެސް ތިނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންކަމުން ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެ ރަށް ހިމެނޭހެން ޖުމްލަ 18 ރަށެއް މި ވަގުތު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.