އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން 80 ވިޔަފާރިއެއް ބާތިލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުގައި އެ ވިޔަފާރިތައް ބާތިލުކޮށްފައިވަނީ ވިޔަފާރިތަކުގެ ވެރީން އެ ވިޔަފާރިތައް ބާތިލުކުރުމަށް އެދުމުން ކަމަށެވެ.
މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުގައި އެ ވިޔަފާރިތައް ބާތިލުކޮށްފައިވަނީ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެތެރޭގައެވެ.
ބާތިލުކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ފިހާރައާއި ކެފޭ އަދި ހޮޓާ ފަދަ ތަންތަން ހިމެނެއެވެ. ވިޔަފާރިތަކުގެ ގާނޫނުގެ ދަށުން ބާތިލުކުރި 80 ވިޔަފާރީގެ ތެރެއިން އެންމެ ފަހުން ބާތިލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 28 ގައި ”ކެންޒާ ކޯނާ“ ކިޔާ ވިޔަފާރިއެކެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވިޔަފާރިތަކުގެ އިތުރުން ކުންފުނިތައް ވެސް އުވާލުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން އެކި ސަބަބުތަކާ ގުޅިގެން ކޮންމެ އަހަރަކުވެސް އެކި ވިޔަފާރި އުވާލައެވެ. އޭގެތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތައްވެސް ހިމެނެއެވެ.