ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ފެމިލީ ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޒު ޙަސަން ސަޢީދާއި ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤުކުރަން ނިންމީ 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިންކަމަށް ބުނާ މައްސަލައެވެ.
ޖޭއެސްސީން މި މައްސަލަ ބަލަން ނިންމައި ތަޙްޤީޤު ކޮމިޓީ އެކުލަވައިލީ ހުސްވި މަހުގެ 17 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 22 ވަނަ ޖަލްސާގައެވެ.