ބުރާސްފަތި, އޭޕްރިލް 22, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 17

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
އޭޕްރިލް 4, 2021
ވާހަކަ
1
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ސަތާރަވަނަ ބައި

ADVERTISEMENT

”ޝައި ވެސް މިހާރު ބޭނުންވާނީ ކޮއްކޮ، ޝައި ގާތު ހުންނާކަންނު! އަޔާ މަންމަ އެއްގޮތަކަށް ވެސް އެއްބަސް ނުވެގެން މިއުޅެނީ! ކޮއްކޮ ގޮވައިގެން މަންމަ ގޮއްސިއްޔާ ޝައި ކިހާ ފޫހިވާނެ! އެހެންނޫނަސް މިހާރު ޝައިގެ ހުރިހާވެސް އެއްޗަކީ އިއްޒަނު!“

އިފާ ވާހަކަ ދެއްކީ ސިންކުގައި ހުރި ދެތިން ބިއްލޫރިތަށި ދޮންނަމުންނެވެ. އަޔާޒު ހުރީ އިފާގެ މޫނަށް ބަލަހައޓައިގެންނެވެ. އެކަން އިފާއަށް އެނގެއެވެ.

”އަހަރެން މަންމައާ ވާހަކަ ދައްކާނަން!“

އަޔާޒު އެނބުރިލިއެވެ. އިފާ އަކީ ހާދަ ދުރުވިސްނޭ އެހެންމީހުންގެ އިޙުސާސްތައް ދަންނަ ކުއްޖެކޭ އަޔާޒުގެ ހިތަށް ރެއަކާ ދުވާލެއްގެ ތެރޭ އެތައް ފަހަރަކު އަރައެވެ.

ޝައިބާގެ މަންމަ ކިތަންމެ ބޭނުން ނުވިޔަސް އެންމެން އެ ގޮތަށް ކިޔަން ފެށުމުން ހައްވަ ރަށަށް ދިޔައީ އިއްޒަ އެގޭގަ އެމީހުން ގާތު ބަހައްޓަފައެވެ. އިފާއަށާ އިފާ މަންމައަށް ޝުކުރު އަދާކޮށް ކޮޅުން ނުލައިގެން އެންމެ ފަހުން އިފާއަށް ޖެހުނީ ހައްވަގެ އަނގަމަތީ އަތްއަޅާށެވެ. އިފާއަށް މަޖާވެލާފައި އެހެން ހެދިޔަސް ހައްވައަށް އެންމެފަހުން ގޮސް ރޮވުނީއެވެ. އިންސާނުންގެ ތެރޭގައި ހަމަ މިހާ އޯގާތެރި މީހުން އުޅޭހެއްޔެވެ؟ ހައްވަގެ ހިތަށް އެރިއެވެ.

މަންމަ ފުރައިގެން ދިއުމުން އަޔާޒު އެދުނީ ފަރުއީން ގާތު އޮފީހުން ޗުއްޓީ ނަގައިގެން ދުވަސްކޮޅަކަށް މާލެ އައިސް ދިނުމަށެވެ. އެހެންނަމަވެސް ދެވެން ނެތްކަމަށް ބުނެ ފަރުއީން އެކަމުން ރެކިގަތީ އޮފީހުގެ މަސައްކަތްތައް މި ދުވަސްކޮޅު ވަރަށް ގިނަ ކަމަށް ބުނަމުންނެވެ.

ފަރުއީން ފަނަރަ ވަރަކަށް ދުވަހަށް ނަމަވެސް އައި ނަމަ ޝައިބާގެ އަތުން ކުދިކުދި ކަންތައް ކޮށްލެވެންދެން މިކޮޅުގައި މަޑުކުރެވޭނެއެވެ. އިފާއަށް ވެސް އަބަދަކު އޮފީހަށް ނުގޮސް ވެސް ނުހުރެވޭނެއެވެ. ޝައިބާ އާއި އިފާއަކީ ދެ ރަޙުމަތްތެރިންނަށް ވިޔަސް އަދި އެ އާއިލާ ކިތަންމެ ރަނގަޅަސް އަހަރެމެންގެ ބުރަ އުފުލަން ޖެހޭނީ އަހަރެމެންނެވެ. އަޔާޒު ގަބޫލުކުރާ ގޮތަކީ އެއީއެވެ. އަޔާޒު ކިތަންމެ ބޭނުމަސް އަދި ވިސްނައިދޭން އަޔާޒު ކިތަންމެ މަސައްކަތެއް ކުރިޔަސް ފަރުއީންގެ ޚިޔާލު ބަދަލެއް ނުވިއެވެ.

ފަރުއީންއާ މެދު ހިތުގައި ޝަކުވާހިނގިއެވެ. ފޯނު ނުކޮށް ވެސް އަޔާޒު ދެ ދުވަހަކު ހުއްޓެވެ. އެހެންނަމަވެސް އެއީ އަދި ހައްލެއް ނޫންކަމަށް ބަލާ ފަރުއާ ދެމީހުން ދޭތެރޭ ހީނަރުވި ގުޅުން ރަނގަޅު ކުރީއެވެ. ގުޅުން ރަނގަޅުކުރަން އަޔާޒު ބޭނުންވިޔަސް ކޮންމެވެސް ވަރެއްގެ ދުރުކަމެއް އެދޭތެރޭ އުފެދެމުން އައިކަން އަޔާޒަށް ފާހަގަ ކުރެވުނެވެ. އަޔާޒުގެ ޚިޔާލާ ފިކުރު މުޅިން ހުސްކޮށްލެވިފައި ހުރީ ޝައިބާގެ ބަލި ހާލަތަށެވެ. އަޔާޒުގެ މުޅި ދުނިޔެއަކީ އެދެމައިންކަހަލައެވެ. ފަރުއާ އަޔާޒާ ދެމެދު މިހާތަނަށް ވެސް ޖެހޭހާ މައްސަލައެއް ޖެހެނީ އެ ސަބަބާހެދިއެވެ. އަޔާޒު އެދެމައިންނަށް ދޭސަމާލުކަމާހެދިއެވެ.

ޝައިބާގެ މަންމަ ފުރައިގެން ދިޔަތާ ފަސްވަރަކަށް ދުވަސް ފަހެވެ. އިފާ ވެސް މިހާރު އޮފީހަށް ނިކުންނަން ފެށީއެވެ. އިއްޒަގެ ހުރިހާ ކަމަކާ ޝައިބާގެ ކަންތައް ވަރަށް ރަނގަޅަށް ބެލުމަށް ގޭގައި ގެންގުޅޭ ބޭރުމީހާއާ ހަވާލު ކުރީ އިފާގެ މަންމަގެ ވެސް ހާޒިރުގައެވެ. އިފާގެ ވާހަކައަށް ތާއީދުކޮށް އިފާގެ މަންމަވެސް ވާހަކަދެއްކިއެވެ. އެހެންނަމަވެސް އިފާ އެދުވަހު އޮފީހުން އައި އިރު އިއްޒާ އިނީ ބޮޑާހާކައިގެން ހަވީރު ސައިވެސް ނުބޮއެ އެވެ. އޮފީސް ދަބަސް ސިޓިންރޫމުގެ މޭޒުމަތީ ބަހައްޓާފަ ފުރަތަމަ ވެސް އިފާ ވަނީ ޝައިބާ އޮންނަ ކޮޓަރިއަށެވެ. އޭރު ޝައިބާއާއި ކައްކާމީހާ އިއްޒައަށް ވިސްނައިދެވޭތޯ ބަލަނީއެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާ އިފާ އެތެރެއަށް ބަލައިލިއެވެ. އިރުކޮޅަކު އެތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އިފާ ވަނީ އެތެރެއަށެވެ.

”އިފާދައްތަގެ އިއްޒަކޮއްކޮ މިއަދު ދާނީ އިފާ ދައްތައާއެކު ބިޗަށް.ދޯ!… އަވަހަށް ކިރުތަށި ދަމާލާ! އިފާދައްތަ އަންނާނަން ޗޭންޖުކޮށްގެން! އޯކޭ؟“

އިފާ އެނބުރި އައި އިރު އިއްޒައ އިނީ ސިޓިންރޫމުގައި ރިތިވެގެން އިފާގެ އިންތިޒާރުގައެވެ. ކޮޓަރީގެ ދޮރުހުޅުވާލާ ޝައިބާ ކައިރީ އެބައަންނަމޭ ބުނެފައި އިފާ ނިކުތީ އިއްޒަ އަތުގައި ހިފައިގެން ބޭރަށެވެ. މަޑު މަޑުން ހިނގާލާފަ އިފާ ދިޔައީ އާރޓިފިޝަލް ބީޗާދިމާއަށެވެ. އެތާ ވެލިގަނޑުމައްޗަށް އިއްޒާ ދޫކޮށްލައިގެން އިފާއިނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ބައެއްފަހަރު ޝައިބާގެ ދިރިއުޅުމުގެ އެކި ހަނދާންތައް އާވެގެން އައުމުން ދެލޯ ތެމިގެން އާދެއެވެ. ޝަނޫން އަކީ ޝައި ދެކެ ވަރަށް ލޯބިވި އިންސާނެކެވެ. އެހާ އަޚުލާގު ރަނގަޅު އެހެންމީހުންނަށް އެހީތެރި ވުމުގައި ލާމަސީލު މީހެކެވެ. ޝަނޫންގެ އެންމެ ފަހުވަގުތު ހޭދަ ކުރީ ވެސް ދަތުރުކުރި ލޯންޗުގެ އެ ހާދިސާގައި އަނިޔާ ލިބުނު މީހަކަށް އެހީތެރިވާން އުޅެނިކޮށެވެ. ބަނޑުން ޖެހުނު ލޯންޗު ދަށުން އެމީހާ ނެރެ ސަލާމަތް ކޮށްދެވުނަސް ޝަނޫންއަށް ލޯންޗު ދަށުން ނިކުތުމުގެ ފުރުސަތު ނުލިބުނީއެވެ.

ޝައިބާގެ ހަނދާންތަކާ ގުޅިގެން ދެން އާވާން ފެށީ އެހެން ހަނދާންތަކެކެވެ.

”އަޔާޒު!“

އިފާއަށް މަޑު މަޑުން އެނަން ކިޔައިލެވުނެވެ. އެނަމުގެ ޖާދުލާއެކު މޫނު އަލިވެ ވިދައިގެން ދިޔައެވެ. ބޭއިޚުތިޔާރުގައި ހީނލެވުނެވެ. އަދި ވަށައިގެން ހޯދައިލެވުނީ އެއްވެސް ވަކި މަޤުސަދެއް ނެތިއެވެ.

”އަހަރެން ދޯ ތިހޯދަނީ!… ކީއްކުރަން ގޮވީ!“

ދާދި ގާތުގައި އިފާގެ ފުރަގަހުގައި ހުއްޓިލައިގެން ހުރި އަޔާޒު ފެނުމުން އިފާއަށް ހާސްވެގެން ގޮސް ތެޅިގަނެވުނެވެ. ފުންމައިގެން އިންތަނުން ތެދުވެވުނެވެ. އަދި ދެވަނަ ފަހަރަކު ވެސް އަޔާޒަށް ބަލައިލެވުނެވެ. ހަމަ އެ ސިކުންތުގައި ދުރަށް ނަޒަރު ހުއްޓައިލެވުނެވެ. ކޮތަރުތައް ފަހައި ދުވެދުވެ ހުރި އިއްޒާއަށް ނަޒަރު ބަދަލުކޮށްލިއެވެ.

”އިފާ!“ އަޔާޒު ގޮވައިލީ ތަފާތު އަޑަކުންނެވެ. އެއްޗެކޭ ބުނަން އުޅޭހެން ވެސް ހީވެއެވެ. އެކަމަކު ވެސް އިފާ ފަސް އެނބުރި އަޔާޒާ ދިމާއަކަށް ނުބެލިއެވެ.

”އިފާ!“ މި ފަހަރު އަޔާޒުގެ އަޑުގައިވަނީ އަމުރުވެރި ގޮތެވެ. މަޑުމަޑުން ނަޒަރު ތިރިކުރަމުން ގޮސް އަޔާޒާވީފަރާތަށް ނަޒަރު އަނބުރައިލި އިރު އިފާއަށް ހުރެވުނީ އިސް ޖަހާލައިގެންނެވެ.

”އަމްމްމް!“

އަޔާޒު ހިފީ އިފާ އަތުގައެވެ. އިފާ އެ އަތް ދަމައިގަންނާކަށް ނޫޅުނެވެ.

”އަހަރެން ވާހަކައެއް ބުނަން ވެގެން!“

އަޔާޒު އިފާއަތުން ދޫކޮށްލީ އިފާގެ އިޝާރާތެއް ލިބިގެނެއްނޫނެވެ. އެހެންނަމަވެސް އެހެން މިހަކަށް ފެނުމުގެ ކުރިން އިފާ އަތުން ދޫކޮށްލަން އަޔާޒު ބޭނުންވީއެވެ. އަޔާޒުގެ ޚިޔާލު އެ ގޮތަށް ހުއްޓަސް އިފާއަށް އެދެވުނީ އަޔާޒު އެ އަތުން ދޫނުކުރުމަށެވެ. މުޅިއުމުރަށް ވެސް އެ އަތުގައި ހިފަހައްޓައިގެން ހުރުމަށެވެ. އަޔާޒު ހަމަ ދޫކޮށްލުމާއެކު އިފާއަށް އިޙުސާސް ކުރެވުނީ ހުސްކަމެވެ. އެއްޗެއް މަދު ކަމެވެ. އެކަމަކު އިފާ އެދޭހާގޮތަކަށް ކަންކަމެއް ނުހިނގާނެއެވެ.

”ފަހުން ދޯ! މިހާރު ގެއަށްދާންވީ……. އިރެއްނު އެ އޮއްސެނީ!“ އިފާ ދެއްކީ ރަނގަޅު އުޒުރެކެވެ.

”ހުސްވަގުތުކޮޅެއް އަހަންނަށް ދޭންވީނު! މިރޭ ވިޔަސް ހެޔޮ! ހަމަ ޖެހިލައިގެން ވާހަކައެއް ދައްކާލަން!“

އިފާ ވަގުތު ނުދިނީމާ އަޔާޒު ބޭނުންވީ ގޮތް ފާޅުކުރިއެވެ.

”ބަލާނަން!“ އެއީ ފަސޭހަ ޖަވާބެކެވެ. ޔަގީންކަމެއް ނެތް ޖަވާބެކެވެ. އިފާ ހިނގާލާފަ ގޮސް ހިފީ އިއްޒަ އަތުގައެވެ. އަޔާޒުވީ މާޔޫހެވެ. އިފާ ޖަވާބެއް ނުދެއެކޭ ނުބުނެވޭނެއެވެ. ދިން ޖަވާބުގެ ގޮތުން އިތުރު ސުވާލެއް ކުރާކަށް އަޔާޒަކަށް ނުކެރުނެވެ. އޮތީ އިންތިޒާރުކުރުމަށެވެ.

އެރޭ އެތައް އިރަކު އިފާގެ އިޝާރަތަކަށް އަޔާޒު އިންތިޒާރު ކުރިއެވެ. އިންތިޒާރަކީ ކުރަން އުނދަގޫ ކަމެކެވެ. ކުރިން ވެސް އަޔާޒު ވަނީ އެކަން ތަޖުރިބާ ކޮށްފައެވެ. އެހެންނަމަވެސް މިކުރަން ޖެހުނު އިންތިޒާރުން ހިތަށް ލިބެމުން އައި ކެކުޅުމުގެ އުދަނގޫ މާބޮޑެވެ.

އެރޭ އެއްގޮތަކަށްވެސް އަޔާޒު ފެންނަ ހިސާބަށް އަންނާކަށް އިފާއަކަށް ނުކެރުނެވެ. ކޮންމެވެސް ސަބަބަކާހެދި އިފާ ބިރު ގަންނަނީއެވެ. އަޔާޒުދެކެ އިފާ ވަމުން އައި ލޯބީގެ ޚަބަރު އެނގޭ ތިންވަނަ އިންސާނަކު ނުހުންނާނެއެވެ. އަނެއްކާ ޝައި އެވާހަކަ ބުނީހެއްޔެވެ! ނޫނެކެވެ. އަޔާޒު މީހެއްގެ ފިރިއެއްގެ ގޮތުގައި ހުއްޓާ ޝައިބާ އެކަހަލަ ކަމެއް ނުކުރާނެއެވެ. ނޫނީ…… އިފާއަށް އުޅެވޭގޮތުން އަޔާޒަށް އުދަނގޫ ވަނީހެއްޔެވެ! އިފާގެ ވިސްނުމާ ފިކުރު އެކި ދިމަދިމާއަށް ހިންގިއެވެ. އެއްވެސްކަހަލަ އަލި މަގެއް އިފާގެ ވިސްނުމަކަށް ނުފެނުނެވެ. އެހެންކަމުން އިފާ ނިންމީ އަޔާޒާ ވީހާވެސް ދުރުން އުޅުމަށެވެ. އެއީ ހިތަށް ކިތަންމެ ތަދުވާކަމަކަށް ވިޔަސް ވެހެވެ.

ކާންތިބިއިރު ވެސް އިފާ ބެލީ ވީހާވެސް އަޔާޒަށް ނުބަލާ އިނދެ ކައި ނިންމާލެވޭތޯއެވެ. ޢާންމުކޮށް އަޔާޒު ކެއިއްޔާ ތަށިތައް ނަގާ މޭޒުމަތި ސާފުކުރާނީ ވެސް އިފާއެވެ. އެހެންނަމަވެސް މިރޭ އޭގެއެއްވެސް ކަމެއް އިފާ ނުކުރެއެވެ. ޝައިބާއިން ފުރޮޅުލީ ގޮނޑި ދުއްވަމުން އިފާގޮސް ވަނީ އިފާގެ ކޮޓަރިއަށެވެ.

މަންމަ ގޮވުމުން އިފާ މަންމަގެ ކޮޓަރިއަށް ދިޔައީ މަންމަ ބޭނުންކުރާ ބޭސްތައް ހުސްވާތީ އެކަމާ ވާހަކަ ދައްކާލާށެވެ.

އެނބުރި އިފާގެ ކޮޓަރިއަށް އިފާ ދިޔައިރު ވެސް އަޔާޒުގެ ހިލަމެއް ވޭތޯ އެކޮޓަރިއާ ދިމާއަށް ބަލާލެވުނެވެ. އަމިއްލަ ކޮޓަރީގެ ދޮރު ހުޅުވިއިރު ވެސް އިފާގެ މޫނުމަތިން މިރޭ ފެންނަނީ މާޔޫސް ކަމެވެ. ކޮންމެވެސް ކަމަކާ ހިތް ނުތަނަވަސް ވެފައި ހުރިކަމުގެ ކުލަވަރެކެވެ.

ހުޅުވި ދޮރުން އެތެރެއަށް އިފާ އެޅި ފިޔަވަޅާއެކު ހުއްޓެވުނީ އިއްޒަގެ ގާތު އެއް އަރިއަކަށް އޮށޯވެގެން އޮތް އަޔާޒު ފެނުމުންނެވެ. އިފާ ފެނުމުން އަޔާޒު ތެދުވަން އުޅުނެވެ. އެނދުގެ އެ ފަޅިއަކީ އިފާ ނިދާ ފަރާތެވެ. އަޔާޒަށް އެކަން އެނގެނީކަންނޭނގެއެވެ. އިއްޒަ އޮންނަނީ އިފާ ގާތުގައެވެ. ޝައިބާއަށް ޚާއްސަ ސިންގަލް އެނދެއް އެކޮޓަރީގައި ހުރެއެވެ. އިފާގެ ބޮޑު ކިންގްސައިޒު އެނދާ ވަރަށް ކައިރީގައެވެ.

އަޔާޒު ތެދުވަން އުޅުމުން އަޔާޒު ހިފެހެއްޓީ ނިދެމުން ނިދެމުން ދިޔަ އިއްޒައެވެ. އަޔާޒު ވެސް އެހެންވެ މަޑުކުރީއެވެ.

”އިފާ! ދޮންބެއާ އެކު ދޭބަލަ ފިހާރައަކަށް! މަންމަ ބައެއް އެއްޗެހި އެ ކޮޅަށް ފޮނުވަދޭން ބުނެފި!“

އިފާ ބަލައިލީ އަޔާޒަށެވެ. ދެން އިސްޖަހައިލިއެވެ.

”މާދަން އޮފީހުން އަންނަމުން ގަނެލާނަން! ގެނޭ ލިސްޓް!“

ހުރި ގޮތަށް ހުރެފައި އިފާ ދިން ޖަވާބުން ޝައިބާ ބަލައިލީ އަޔާޒަށެވެ.

”މާދަމާ ހެނދުނު ރަށު ދޯނި ފުރާ! ލަސްވެގެން ދިހައެއް ޖަހާއިރަށް ދޯންޏަށް ލާން ޖެހޭ!“

އިފާ އެނބުރި ބަލައިލިއެވެ. ޝައިބާއަށެވެ. ދެން ފޯނުން ގަޑި ބަލާލުމަށްފަހު ބޯ ޖަހައިލިއެވެ. އެއީ ލިބުނު ފަހި އިޝާރާތެކެވެ.

އަޔަޒާއި އިފާ ފިހާރައަށް ދާން ނިކުތީ ހިނގާފައެވެ. އެއީ އަޔާޒު ބޭނުންވެގެން ހުށަހެޅި ގޮތެވެ. އިފާ ދެކޮޅެއް ނަހަދައެވެ. ޝައިބާ ދިން ލިސްޓް އަޔާޒު ބެލީ ފޯނުންނެވެ. ގަތީ މޭވާ ކޮޅަކާ ހަވާދުގެ ދެތިން ބާވަތެވެ. ގެއަށް ދާން ވެގެން ހިނގައިގަތުމުން އަޔާޒު އެދުނީ ކޮފީއެއް ބޯލަން ތަނަކަށް ވަނުމަށެވެ.

”މާ ދަންވެއްޖެ ކަންނޭނގެ! އޮފީސް ވެސް އޮންނާނެނު…… އަޔާގެ ވެސް!“

ޝައިބާ އުޅުނީ ރެކިގަންނާށެވެ. އެހެންނަމަވެސް އަޔާޒު އިފާގެ އަތުގައި ހިފާ އަޔާޒާ ވީފަރާތަށް އަނބުރާލާފަ އިފާގެ ދެލޮލަށް ބަލަން ފެށުމުން ކިޔަމަންތެރި ކުއްޖަކު ފަދައިން އިފާ ހިނގައިގަތީ އަޔާޒާއެއްކޮށެވެ.

ގާތްގަޑަކަށް ފަނަރަ ވަރަކަށް މިނިޓް ހިނގުމަށްފަހު އަޔާޒު ކެފޭއަކަށް ވަނުމުން އިފާވެސް އަޔާޒާއެކީ ވަދެއްޖެއެވެ. އެތާ ތިބި އެތައްބައެއްގެ ލޯ އެދެމީހުންނަށް ހުއްޓެމުންދާކަން އެނގުމުން އިފާ ހުރީ ލަދުން މަރުވާވަރުވެފައެވެ. މި އައުން ނާދެވުނު ނަމައޭ އެތައް ފަހަރަކު އިފާ ހިތަށް އެރިއެވެ. މީހުންގެ ނަޒަރުން ސަލާމަތްވާން އިފާއަށް އިތުރަށް ގާތް ވެވުނީ އަޔާޒާއެވެ.

                 (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ވާހަކަ: ބޯގަންވިލާ – 01

ވާހަކަ: ބޯގަންވިލާ – 01

އޭޕްރިލް 22, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ވާހަކަ: ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 21

އޭޕްރިލް 21, 2021
ވާހަކަ: އަހަރެންގެ ހިތްހެވެވެ

ވާހަކަ: އަހަރެންގެ ހިތް ހެވެވެ. (ތިންވަނަ ބައި)

އޭޕްރިލް 21, 2021
ޒައިނާ – 01

ވާހަކަ: ޒައިނާ (ދެވަނަ ބައި)

އޭޕްރިލް 20, 2021

Comments 1

  1. Kamana says:
    3 weeks ago

    Alhey haadha kurey

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0
  • ޤިޞާޞް ހިފުމަށް އިންކާރުކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވެއްޖެ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ކަނަމަދު ކޭކު

    0 shares
    Share 0 Tweet 0
  • ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In