ގިނަ ދިވެހިންތަކެއް ހިމެނޭހެން ފޭސްބުކް ބޭނުން ކުރަމުންދާ 533 މިލިއަން މީހެއްގެ ޒާތީ މައުލޫމާތުތައް ލީކުކޮށްލާފިއެވެ.
ދިވެހިންގެ ތެރެއިން ފޭސްބުކް ބޭނުން ކުރާ 86000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ހެކަރުން ވަނީ ލީކު ކޮށްލާފައެވެ.
ލީކު ކޮށްލާފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ފޯން ނަމްބަރާއި، ފޭސްބުކް ޕާސްވޯޑް ރީސެޓް ކުރަން ބޭނުންކުރާ ޑާޓާ އާއި ފޭސްބުކް އައިޑީ އާއި ފުރިހަމަ ނަމާއި، އުފަންދުވަހާއި އަދި ބައެއް މީހުންގެ އީމެއިލް އެޑްރެސްތައް ވެސް ހިމެނެއެވެ.
މިކަމާއި ގުޅިގެން ފޭސްބުކުން އަދި އެއްވެސް ސިފައެއްގައި އެއްޗެކޭ ބުނެފައި ނުވާއިރު،
ހޮޑްސައިން ރޮކް ސައިބަރު ފާމް އިން ބުނެފައިވަނީ، އިންޓަނެޓުގައި ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން މީހެއްގެ މައުލޫމާތު ލީކުކޮށްލާފައިވާ ކަން ފާހަގަ ކުރެވުނީ މިއަދު ކަމަށެވެ. އަދި މި މައުލޫމާތުތައް ބޭނުން ކޮށްގެން މަކަރާއި ހީލަތް ހަދަމުން ދާކަމަށްވެސް އެފާމުން ވަނީ ބުނެފައެވެ.
ޒާތީ މައުލޫމާތު ތައް ލީކުކޮށްލި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިމެނެނީ، އެމެރިކާގައެވެ. އެމެރިކާގެ 32 މިލިއަން މީހެއްގެ މައުލޫމާތު ލީކުކޮށްލާފައި ވާއިރު، އިނގިރޭސި ވިލާތުން 11 މިލިއަން މީހުން އަދި އިންޑިއާއިން 6 މިލިއަން މީހުންގެ މައުލޫމާތު ވަނީ ލީކޮ ކޮށްލާފައެވެ.
އެހެން ނަމަވެސް މިހާރު މި މައްސަލަ ހައްލު ކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.