އެތަކެއް ފަހަރު މަތިން އެމްޑީޕީއަށް ވޯޓުދޭން ހަދައިގެން އައްޑޫ ރައްޔިތުންގެ އިނގިލިން ހަން ގޮސްފިކަމަށާއި، ނަމަވެސް ތަރައްޤީއެއް ނުގެނެވުނުކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް ވިދާޅުވީ އެ ޒަމާނުގައި އިންތިޚާބު ކައިރިވީމަ ޖެހީ ކަޑަ ކަމަށާއި، މިއަދު ގެންދަނީ ހައިމާކެއް ނުވަތަ ކޮޅުވެއްޓިއެއް ނުވަތަ ބޮޑު ހިލަކޮޅެއްކަމަށެވެ.
”އެ ޒަމާނުގަ އިންތިޚާބު ކައިރިވީމަ ޖެހީ ކަޑަ. މިއަދު ގެންދަނީ ހައިމާކެއް، ކޮޅުވެއްޓިއެއް، ބޮޑު ހިލަކޮޅެއް. އެންމެ ތަންދޮރު ދަންނަ އައްޑޫ ރައްޔިތުން މިފަހަރު އޮޅުވައިލެވޭނެބާ“ މަލީހް ވިދާޅުވިއެވެ.
ހަމައެހެންމެ އެތަކެއް ފަހަރު މަތިން އެމްޑީޕީއަށް ވޯޓުދޭން ހަދައިގެން އައްޑޫ ރައްޔިތުންގެ އިނގިލިން ހަންދިޔައިރު ވެސް، ތަރައްޤީއެއް ނުގެނެވުނުކަމަށް ވެސް މަލީހް ވިދާޅުވިއެވެ.