ލާމަރުކަޒީ ނިޒާމު ނައްތައިލަން އެމްޑީޕީން ފާޅުގައި މަސައްކަތްކުރިކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ މައި ޕާޓީކަމަށްވާ އެމްޑީޕީއަށް ފާޑު ވިދާޅުވެ ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކަންކަން ކުރުމުގެ ބަދަލުގައި އެމްޑީޕީން މަސައްކަތްކުރީ އެ ނިޒާމު ނައްތައިލަން ކަމަށެވެ.
އެ ގޮތުން ޕްރޮވިންސް ހަދައި އެތައް ފަށަލައެއްގަައި ރައްޔިތުން ތާށިކުރުވިކަމަށާއި، އަތޮޅު އެކައުންޓްތަކުން ފައިސާ ދަމައިގަތްކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
”ލާމަރުކަޒީ ނިޒާމު ނައްތައިލަން އެމްޑީޕީން ފާޅުގައި މަސައްކަތްކުރި. ޕްރޮވިންސް ހަދައި އެތައް ފަށަލައެއްގަައި ރައްޔިތުން ތާށިކުރުވި. އަތޮޅު އެކައުންޓްތަކުން ފައިސާ ދަމައިގަތް. ތިން ދައުރުވީއިރު މާލެ އާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ފެނުނީ އެމްޑީޕީން ތަރައްޤީގެ ނަމުގައި ސަކަރާތްޖަހާތަން.“ ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓުގައިވެއެވެ.
?Kaleyah heyogotheh ebaoiytha