ސިޔާސީ ހަނގުރާމައިގެތެރެއަށް ކުޅިވަރުގެ ތަރިން ވެއްދެވީމާ އެ ބޭފުޅުންގެ ކެރިއަރަށް ގެއްލުން ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު، ޕީޕއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒަށް ފާޑުވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ޑރ.މުޢިއްޒަށް ތާއީދުކުރައްވާން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު(ދަނގަޑޭ) ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ.
މިކަން ހާމަކުރައްވައި ޑރ.މުޢިއްޒު ކުރައްވައިފައިވާ ޓްވީޓެއްގައި ވަނީ އަޝްފާޤަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.
”މާލޭގެ މޭޔަރުކަމަށް އަޅުގަނޑަށް ތާއީދުކުރައްވާކަމަށްޓަކައި، ޤައުމު އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ، ދެވަނައެއްނުވާ އަޝްފާޤަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ އަޝްފާޤުއާއެކު ހުންނެވި ފޮޓޯއެއް ހިއްސާކުރައްވައި ހުކުުރު ދުވަހުގެރޭ ކުރެއްވި ޓްވީޓުގައި ޑރ.މުޢިއްޒު ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ވަނީ ޑރ.މުޢިއްޒަށް ފާޑުވިދާޅުވެފައެވެ.
”ހަމަ ސަހަލު އެއްކަމެއް ވެސް މި މުޢިއްޒު ނުކުރައްވާނެ. ޚިޔާލު ފާޅުކުރުމުގެ ޙައްޤު އެންމެންނަށް ލިބިގެންވޭ. އެކަމަކު ދެކޮޅުވެރިކަމާއި، ބައިބައިވުން ބޮޑު ސިޔާސީ ހަނގުރާމައިގެތެރެއަށް ކުޅިވަރުގެ ތަރިން ވެއްދީމަ އެ ބޭފުޅުންގެ ކެރިއަރަށް ގެއްލުން ކުރިމަތިވުމުގެ ފުރުސަތު ބޮޑު.“ ދިޔާނާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Dhiyana bunaa gothahthah meehun ulhen jehenee. Dhiyaanaae ee kaaku. Laarithah fenigen faadegge boagoahakaa kaivenivegen ulhey meeheh
Muiz eynage faiga hifahhataneetha enage keriyarah gehlun vaan
އެ ބޭފުޅުންގެ ކެރިއަރަށް ގެއްލުން ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ބުނީމަ އެގިގެން ދިޔައީ މިސަރުކާރަކީ ޒާތީގޮތް ބޮޑު ސަރުކާރެއްކަން. ކޮންމެ މީހަކަށް ތާއިދު ކުރިޔަސް ކެރިއަރަށް ގެއްލުން ދީގެން ނުވާނެ. އެކަމަކު ކަންތައް ވަނިކި އެހެނެއްނޫން. ބުއްޅަ ކުރިންވެސް ބުނެފަވޭ އަހަރެންގެ ޕާޓީގެ ކުދިންނަށް ކަންތައް ކޮށްދޭނެކަމާ އެހެންޕާޓީއެއްގެ މީހެއް ނަމަ ހުރި ނުލަފާކަން ދައްކާލާނެ ކަމަށް. އެކަން ވިސްނާފަ ތޯއްޗެ ދިޔާ އެބުނި އެއްޗެއް ބުނެފަ އެއޮތީ. އެކަމު މަގޭ މަޝްވަރާ އަކީ ދިޔާ އެހެންމީހުންގެ ކަންތަކަށް ފާޑުނުކިޔާ ފުރަތަމަ ތިމާގެ ފިރިމީހާ ހަމަހޭގައި ޖަލްސާތަކަށް ހާޒިރުވާނެ ގޮތެއް ހަދާށޭ.