ކ.ހުރާއިން އިތުރު 09 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހުރާ ހެލްތު ސެންޓަރުން މިރޭ ބުނީ އިތުރު 09 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ގޮތުން އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 120 އަށް އަރާ ކަމަށެވެ.
ހުރާއިން މިހާތަނަށް 572 ސާމްޕަލް ނަގައިފައިވާއިރު، 111 ސާމްޕަލުގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް، ހުރާ ހެލްތު ސެންޓަރުން ބުންޏެވެ.
ހުރާގެ ކޭސްތަކާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 411 މީހެއް ވަނީ ފާހަގަކުރެވިފައެވެ.
ހުރާއިން ޕޮޒިޓިވްވި މީހުންގެތެރޭގައި ގިނަ ޢަދަދެއްގެ ކުޑަ ކުދިން ހިމެނޭއިރު، ހައިރިސްކް ލެވެލްގެ 10 މީހުން ހިމެނެއެވެ. ހަމައެހެންމެ ހުރާގެ އާބާދީގެ %90 މީހުން މި ވަގުތު ތިބީ ކަރަންޓީނުގައެވެ.
ހުރާ މި ވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެޗްޕީއޭއިން ވަނީ އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު އިއުލާނުކޮށްފައެވެ.