25 މީހުންނާއެކު މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައިވަނީ އއ.ރަސްދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ރަސްދޫން މާލެއަށް ދަތުރުކުރަމުންދިޔަ ”ނަވި 2“ ނަމަކަށް ކިޔާ ލޯންޗުގައި ކަމަށެވެ. އަލިފާން ރޯވީ ލޯންޗުގެ ދެ އިންޖީނުގެތެރެއިން އެއް އިންޖީނުގައިކަމަށް ވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެެެއެވެ.
ހަމައެހެންމެ ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ 22 ފަތުރުވެރިންނާއި، 03 ފަޅުވެރިން ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި ލޯންޗުގެ ވެރި ފަރާތުން ހަމަޖެއްސި ”ނަވި 4“ ލޯންޗުގައި 22 ފަތުރުވެރިން ރަސްދުއަށް ގެންގޮސްފައިވާ ކަމަށެވެ.
ހާދިސާގެ ރިޕޯޓު ލިބުނީ އިރުއޮއްސި 18:45 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.