މާލޭ ސިޓީގެ މޭޔަރުކަމުގެ މަސްއޫލިއްޔަތު އުފުއްލެވުމަށް އެންމެ އެކަށީގެންވަނީ ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުކަމަށް، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޑރ.ވަޙީދު ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެތެރެއިން، މޭޔަރުކަމުގެ މުހިންމު މަސްއޫލިއްޔަތު އުފުއްލެވުމަށް އެންމެ އެކަށީގެންވަނީ، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ކަމަށެވެ.
ހަމައެހެންމެ ޑރ.މުޢިއްޒަކީ ކިހާ ވަރެއްގެ ބޭފުޅެއްކަން އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި ޑރ.ވަޙީދު ވިދާޅުވީ އެ މަނިކުފާނުގެ ޒަޢާމަތުގައި ޑރ.މުޢިއްޒު ވަރަށް ގާތުން މަސައްކަތްކުރައްވައިފައިވާ ކަމަށެވެ. ޑރ.މުޢިއްޒަކީ ރައީސް ވަޙީދުގެ ޒަޢާމަތުގައި ހައުސިންގ މިނިސްޓަރެވެ.
ޑރ.ވަޙީދު ވަނީ ޑރ.މުޢިއްޒަށް ވޯޓު ދިނުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
އެކަށީގެންވާ މީހުން ތިބޭނީ އެއްފަރާތް ކޮށްފަ އަހަރެމެން ބަލަނީ އެކަށީގެންވާ މީހާއެއް ނޫން ކުލައަށް. އެކަށިގެންވާ މީހުން މަގާމް ތަކަށް ލާން ބޭނުމެއް ނުވޭ ރައްޔިތުންނެއް
އެބައެއްގެ ޕާޓީ މީހުންހޮވުނީމަ ނިމުނީ . އަނެއްކާ މުއިއްޒު ހޮވުނަސް ކުރެވޭނެ ކަމެއް ނޯންނާނެ.ރީދޫ ސަރުކާރުން ޖެއްސުން ކުރާވަރުން.