ސ.ހިތަދޫ އިހުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
މި މަޝްރޫޢުގެ ޢަަމަލީ މަސައްކަތް ފެށުމަށްޓަކައި ހިތަދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރުން ކަމަށްވާ މުޙައްމަދު އަސްލަމާއި، އަޙުމަދު ރަޝީދާއި، އިބްރާހިމް ނާޒިލު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަމައެހެންމެ އެމްޓީސީސީގެ އާދަމް އާޒިމާއި، އެ ކުންފުނީގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލްގެ ރައީސްއާއި ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
43.52 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 297،234 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު
ފުންކުރާނެއެވެ. ހަމައެހެންމެ 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި، 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށާއި، ނެރު ބައްތިއާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައެވެ.