ޅ.ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 245 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ރޭ ބުނީ ފެލިވަރުން އިތުރު 89 މީހަކު ޕޮޒިޓިވްވެ، މިހާތަނަށް އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 245 އަށް އަރާފައިވާ ކަމަށެވެ.
ފެލިވަރުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ހުސްވި މަހުގެ 24 ވީ ބުދަ ދުވަހުގައެވެ.
ފެލިވަރުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ނައިފަރަށް ނިސްބަތްވާ ފިރިހެނެއްކަމަށް، ނައިފަރު ކައުންސިލުން ބުނެފައިވެއެވެ.