ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހީނުކުރާހާ ބާރުމިނެ އުފުލެމުން ދާކަމަށް ސައިންސްވެރިން ބުނެފިއެވެ.
ދުރްހަމްގެ މާހިރުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން، ދުނިޔޭގެ ހޫނުމިން އުފުލެމުންދާ ބާރުމިނަށް ބަލާ، ގަނޑުފެންތައް ވިރެމުންދާ ދިއުމުގެ ސަބަބުން ކުރިއަށް އޮތް 500 އަހަރުގެ ތެރޭގައި ދުނިޔޭގެ ލޮނުގަނޑު 18 މީޓަރަށް އުފުލިގެން ދާނެއެވެ. އަދި މިއީ، އެތަށް ގޮތަކުން އިންސާނުންނަށް އަދި ޖަނަވާރުތަކަށް ގެއްލުން ވާނެ ކަމެއް ކަމަށްވެސް މާހިރުން ވަނީ ބުނެފައެވެ.
ސައިންސްވެރިން ބުނެފައިވަނީ، ދުނިޔޭގެ ގަނޑުފެންގަޑު ތަކުގެ ތެރެއިން ބޮޑެތު ”ގަނޑުފެނުގެ“ ޝީޓުތައް އަންދާޒާ ކުރިވަރަށް ވުރެ އަވަހަށް ވިރެމުން ދާކަމަށާއި، މީގެން ޝީޓެއްގެ ބޮޑުމިން، ގްރީންލޭންޑުގެ ދެ ގައުމު ވަރު ވާނެ ކަމަށެވެ.
ދުނިޔޭގެ ހޫނުމިން މިހާރަށް ވުރެ ބޮޑަށް ދަށްކޮށް، ދުނިޔޭގެ ވައިގެ ތެރެއަށް ބޭރު ކުރާ ވިހަ ގޭސްތަށް މަދު ކުރުމަށް ދިރާސާ ކުރި ޓީމުން ވަނީ ބުނެފައެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާނެ ކަންތަކަށް، ބިންތިރި ގައުމު ތަކުން ކުރިއާލާ ތައްޔާރު ވުމަށްވެސް ވަނީ ބުނެފައެވެ.