ރާއްޖެއިން އިތުރު 300 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނީ މާލެ ސަރަހައްދުން 94 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން 96 މީހުންނާއި، ރިސޯޓުތަކުން 15 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހަމައެހެންމެ އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުން 95 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ގޮތުން ރާއްޖެއިން މިހާތަނަށް 24،379 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި ބަލިޖެހުނު މީހުންގެތެރެއިން މިހާތަނަށް 21،282 މީހުން ވަނީ ރަނގަޅުވެފައެވެ.
ހަމައެހެންމެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ 101 މީހުން ހިމެނޭހެން މި ވަގުތު ފަރުވާދެމުން އަންނަ މީހުންގެ ޢަދަދަކީ 3،022 އެވެ.
ރާއްޖެއިން ކޮވިޑު ޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ 67 އަށް އަރާފައެވެ.
މިމީހުންނަށް ބޭބީނަސަރީއާއި ނާސަރީގަ ކިޔާވާދޭން ފެނުނީ މިއަދު މިބަލީގަ 10 މިހުން 15 މީހުން ފައްސި ޥަމުން ދިޔައިރު ބަލީގެ ޏުރައްކާ ބޮޑުކަމުން ސްކޫލްތަށް ބަންދު މިހާރު 300 މިހުން ފައްސި ވީމަ ކުޑަކުދިން ސްކޫލަށް ގެންދަން ފެނުނީ ދެންކީކޭބުނާނީ ހައިރާންވެ އަންތަރީސް ވެއްޖެ