ށ.މަރޮށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މަރޮށި މޮނިޓަރިންގެ ހާލަތަށް ގެނައީ ޅ.ނައިފަރުން އެ ރަށަށް ދަތުރުކުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އެއީ ދޯންޏަކުން އެ ރަށަށް ދިޔަ މީހެއް ކަމަށާއި، އޭނާ ކަރަންޓީނުކުރެވުނީ ނައިފަރުން އައިތާ ދެ ދުވަސްފަހުންކަމަށާއި، ކަރަންޓީނުކުރުމަށްފަހު ނެގި ސާމްޕަލުން އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް، މަރޮށީ ކައުންސިލުގެ ރައީސް ޢަބްދުލްޢަޒީޒާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މަރޮށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު, މި ވަގުތުން ފެށިގެން އެޗްޕީއޭގެ އެއްވެސް ހުއްދައެއްނެތި އެ ރަށަށް އަރައިފޭބުން މަނާވާނެއެވެ.