މިއަދުން ފެށިގެން ރަމަޟާން މަސް ފެށެންދެން، ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންޖެހޭ ވަގުތުތަކާއި، ރަމަޟާންމަހުގެ ރޭތަކާއި، ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންޖެހޭ ވަގުތުތައް ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން މިރޭ ބުނީ މިއަދުން ފެށިގެން ރަމަޟާން މަސް ފެށެންދެން، ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ، އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާއި ދެމެދުގައި ކަމަށެވެ.
ހަމައެހެންމެ ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ، އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާއި ދެމެދުގައި ކަމަށެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވައިލައިގެން ވިޔަފާރިކުރާ ފަރާތްތަކުން އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަން އިލްތިމާސްކޮށްފައެވެ.