ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކޮވިޑުން ރަނގަޅުވެއްޖެއެވެ.
މެންބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވީ ހުސްވި މަހުގެ 17 ގައެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރެއްވުމަށްފަހު ނިކުމެވަޑައިގަންނަވައިފައިވާ ކަމަށެވެ.
”15 ދުވަހުގެ ކަރަންޓީނަކަށްފަހު މިއަދު ނިކުމެއްޖައިން. ކަރަންޓީނުގައި ހުރި ދުވަސްތަކުގައި އަޅުގަނޑުގެ ހާލު ބައްލަވަން ގުޅުއްވައި، މެސެޖު ކުރައްވައި އަދި ހެޔޮދުޢާގެ މެސެޖުތަށް ފޮނުއްވައި ޕޯސްޓުކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އަދި ޢާއިލާގެ އިޚްލާސްތެރި ޝުކުރު ދަންނަވަން.“ ޝިޔާމް ކުރެއްވި ޓްވީޓުގައި ވެއެވެ.