ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސިއިން ދަނީ އެ މަޝްރޫއު ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.
އެގޮތުން އިއްޔެ ވަނީ އެ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ބޮޑުހިލަތައް ވަނީ ގެންގޮސްފައި ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީއިން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމާއި 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ.
އެ މަޝްރޫއަކީ މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ހައުސިން މިނިސްޓްރީއިން އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 99.9 މިލިއަން ރުފިޔާއަށެވެ.