މިއަދު މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މެދުރާއްޖެއާއި ދެކުނުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށެވެ. އަދި މެދުރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާއިރު އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އެގޮތުން ދެކުނުގެ ކަނޑުތަކުގައި ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގެ ރާޅު ނަގާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މެދުރާއްޖޭގެ ސަރަހައްދުތަކުގެ ކަނޑުގައި ތިން ފޫޓާއި ފަސް ފޫޓުގެ ރާޅު ނެގުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ދެކުނާއި މެދުރާއްޖޭގެ ސަރަހައްދުގެ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.