ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ކީރިތި ޤުރުއާނަށް ނިސްބަތްކޮށް ބުހުތާނުދޮގެއް ހެއްދެވިއިރު ވެސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަން ނުހުއްޓުވި މައްސަލައިގައި، އައްޝައިޚް ޢަލީ ޒައިދާއި، އައްޝައިޚް ޒަމްޒަމް ފާރިޝް، ރައީސް ނަޝީދާއި، މެންބަރު ޖާބިރަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ވަނީ، ކީރިތި ޤުރުއާނަށް ނިސްބަތްކޮށް ކަނޑައެޅިގެން ދޮގުހައްދަވައި ވާހަކަދައްކަވާފައެވެ.
ޖާބިރު ވިދާޅުވީ ކީރިތި ޤުރުއާނުގައި އަންގަނީ އާދަމްގެފާނު މި ވަގުތު ހުންނެވީ ހައްވާގެފާނުގެ ފައިންޕުޅު މޮޑެންކަމަށެވެ. އަދި އެއީ ރައްބުގެ ޢަމުރުފުޅަށް ކުރައްވާ ކަމެއް ކަމަށެވެ.
ޤުރުއާނުގައި ނެތް މިފަދަ ބުހުތާނު ދޮގެއް ހެއްދެވެމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އެކަން ހުއްޓުވައިފައެއް ނުވެއެވެ.
މި ގޮތުން ޝައިޚް ޒައިދު ވިދާޅުވީ މެންބަރު ޖާބިރު ތައުބާވެ ވަޑައިގަންނަވާންޖެހޭ ކަމަށެވެ.
”ރައްޔިތުން މަޖިލިސްގައިވާ މި ހައްދުންނެއްޓިފައިވާ މެންބަރު ތައުބާވާންޖެހޭ. ޤުރުއާނަށް ކުޑައިމީސް ކުރުމަކީ އެއްވެސް ހާލެއްގައި ޓޮލަރޭޓް ކުރެވޭނެކަމެއް ނޫން. ހިތަށްއައިހައި އެއްޗެއް ޤުރުއާނޭ ކިޔައިގެން ނުކިޔޭނެ. މިކަހަލަ ކަންކަން މަޖިލިސްތެރޭގައި ހިންގާއިރު، މަޖިލިސް ހެޑް އަޅާނުލައި ހުރުން ވަރަށް ހުތުރު.“
މި މައްސަލައިގައި އައްޝައިޚް ޒަމްޒަމް ފާރިޝް ވެސް ވާހަކަދައްކަވައިފައިވެއެވެ.
”ޤުރުއާނާބެހޭ ގޮތުން ނުބައިކޮށް އެއްޗެއް ކިޔޭނެކަމަށް ބުނެ ޤުރުއާނާއި މާނަ ރަނގަޅަށްކިޔާ މީހުންގެ ވާހަކަ ހުއްޓުވާއިރު، ރޯމާ ބުހުތާނު ހަދައިގެން ކުފުރުގެ ބަސްތައް ކިޔާއިރު އެކަން ނުހުއްޓުވާ މީހާގެ މުނާފިޤުކަމާާމެދު ޝައްކު ކުރާނެ ޖާގައެއް މި އުޑުދަށަކު ނޯންނާނެ.“
ޤުރުއާނާބެހޭ ގޮތުން ނުބައިކޮށް އެއްޗެއް ކިޔޭނެކަމަށް ބުނެ ޤުރުއާނާއި މާނަ ރަނގަޅަށްކިޔާ މީހުންގެ ވާހަކަ ހުއްޓުވާކަމަށް ޒަމްޒަމް ފާރިޝް އެ ވިދާޅުވަނީ، މަޖިލީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ޤުރުއާނުގެ އާޔަތަކާއި މާނަ ވިދާޅުވުމުން، އެ އާޔަތް ފުރިހަމަނުކުރެއްވެނީސް ރައީސް ނަޝީދު އެކަން ހުއްޓުވި ހުއްޓުވުމަށް ޢިޝާރަތްކުރައްވައެވެ.
ބިރަކާއިނުލައި ޖާބިރުގެ ބުހުތާނުދޮގު ޤުރްއާނަށް ނިސްބަތްކޮށްދެއްކީ އެފުރުޞަތުދިނީމަ މަނާކުރަންބޭނުންވާ ފަހަރުތަކުގައި މަނާކޮށް މިފަދަބުހުތާނު މަނާނުކުރުމީ އިއްތިފާގެއްނޫން ކަނޑައެޅިގެންކުރުވާކަމެއްކަން ވަރަށްސާފު…
ރައީސް ނަޝީދައް ޖާބިރު ހެއްދެވީ ކަނދައެޅިގެން ދޮގެއްކަން ނޭނގޭކަމައްވަންޔާ ނަޝީދަކައް އެކަން ނުހުއްޓުވޭނެނޫންތޯ.
Ahun ge suvaqala kee jaabiraa anni akee kanda elhi gen islaam dheenaa dhekolhu meehun kan engey nama ves jalsaa ga thibi ehen meehun dheena huru maiy theri koh hithaa nama keevve hey ekan nuhuttu vee adu gadha koh meyzu ga thalhai gen namaves huttu van jehey
ތިމައްސަލާގައި ޝޭޚުހުސައިންރަޝީދު ބަސްފުޅަކީ ކޮބައިތޯ ބަލާލަންޖެހޭ