ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓު ދޭނެ ފަރާތެެއް އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭނީ، ތިމާ ހުރި ޕާޓީއަށް ނޫން ކަމަށާއި، ބަލަންވާނީ އެންމެ ރަނގަޅަށް ނަތީޖާ ނެރެދެވޭނީ ކޮން ކެނޑިޑޭޓަކަށްތޯ ކަމަށް، ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒުގެ ކެމްޕެއިން ވެބްސައިޓާއި، މުޢިއްޒު ޓީވީއާއި، ރޭޑިއޯއާއި، ކެމްޕެއިން ވައިބަރ ސްޓިކާ ސެޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިރޭ ވަނީ ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ މި ފަހަރުގެ އިންތިޚާބަށް ރައްޔިތުންް ނިންމަންޖެހޭ، ނިންމުން ނިންމުމުގައި ވިސްނަންވީ ޕާޓީލައިނަކުން ނޫން ކަމަށާއި، އެންމެ ބޮޑަށް ވިސްނަންޖެހޭނީ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތަށް ކަމަށެވެ.
އެ ގޮތުން އިންތިޚާބުގައި ވޯޓު ދޭނެ ފަރާތެެއް އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭނީ، ތިމާ ހުރި ޕާޓީއަށް ނޫން ކަމަށާއި، ބަލަންވާނީ އެންމެ ރަނގަޅަށް ނަތީޖާ ނެރެދެވޭނީ ކޮން ކެނޑިޑޭޓަކަށްތޯ ކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. ހަމައެހެންމެ ވިސްނަންޖެހޭނީ އެންމެ އިޚްލާސްތެރިކަމާއެކު ރައްޔިތުން އިސްކުރާާނީ ކޮންބައެއްތޯކަމާއި، ރައްޔިތުންގެ ފަޅީގައި އެންމެ ފަހު ސިކުންތާ ޖެހެންދެން ތިބޭނީ ކޮންބައެއްކަމާމެދު ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތާއި، ރައްޔިތުންގެ ވިންދާއި ދިމާނުވާ ހާލުގައި ރައްޔިތުން އިޚްތިޔާރުކުރާނީ ކޮންބައެއްްކަމާމެދު ކަމަށެވެ.
ޑރ.މުޢިއްޒުވަނީ ގުޅީފަޅާމެދު ކަންތައްކުރާ ގޮތް، ސަރުކާރުގެ ސިޔާސަތާއި، ރައްޔިތުންގެ ވިންދާއި ދިމާނުވާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ގުޅީފަަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދަންކަމަށް ކަމަށާއި، މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުން އެދޭގޮތަށް ގުޅީފަޅުގެ މައްސަލަ ބަދަލުކޮށްދެއްވާން މަސައްކަތް ކުރައްވާނެކަމަށް ވެސް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.