ލ އަތޮޅު ކައްދޫގައި މޫދަށް އެރި އުޅެނިކޮށް، ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮތްވާ ފެނުނު، ސިފައިންގެ ބޭފުޅާ ކޯވިޑް އަށް ފައްސިވެފައި ވާތީ، އޭނާ އާއި އެއްތާކުވީ މީހުންގެ ސުންކު ނަގަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ، ނިޔާވެފައި އޮތްވާ ފެނުނު ސިފައިންގެ މީހާގެ ސާމްޕަލް ކޯވިޑް އަށް ފައްސިވެފައި ވާކަމަށާއި، އެހެން ކަމުން، އޭނާ އާއި އެކު އެއްތަނަކުވީ މީހުން ބައްޔަށް ފައްސިވެފައި ވޭތޯ ބެލުމަށް ސުންކު ނަގަން ނިންމާފައި ވާކަމަށެވެ. އަދި މިހާރު ބައެއް މީހުންގެ ސުންކު ނަގާފައި ވާކަމަށައި، އަދި މިހާތަނަށް ނެގި އެއްވެސް ސުންކެއް ބައްޔަށް ފައްސިވެފައި ނުވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ލ.ކައްދޫގެ އިރުމަތީ ފަރާތު މޫދަށް އިއްޔެ ހަވީރު ފޭބި ހަތަރު ސިފައިންގެ ތެރެއިން، ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ލާންސް ކޯޕްރަލް ހުސައިން ފާރިޝްއެވެ.