ހޮނިހިރު, އޭޕްރިލް 17, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 16

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މާރޗް 31, 2021
ވާހަކަ
1
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ސޯޅަވަނަ ބައި

ADVERTISEMENT

އިސްކުރުގެ މަސައްކަތް ނިންމާލުމަށްފަހު ގެންގުޅުނު ބާކީ ސާމާނު ކޮތަޅަކަށް އެޅުމަށްފަހު އަޔާޒު ހިންދެމިލިއެވެ. އަދި ކޮތަޅު އިފާއަށް ދިއްކޮށްލުމުން ކޮތަޅު އިފާ އަތުލިއެވެ.

”ޑަން!“ ދެ އުކުޅުގައި އަތް ވިދެލަމުން އަޔާޒު ބުނެލިގޮތުން އިފާގެ ހިތުގެ ހިނގުން އަވަސްވެގެން އައެވެ.

އަދި ދެން ލާނެއް ހިނިތުންވުމަކާއެކު އަޔާޒު ލޮލަށް ވައްތަރެއް ޖައްސާލުމުން އިފާގެ މޫނު އުފަލުން ފޮޅިގެން ދިޔައެވެ.

”އަވަހަށް ދާން ތައްޔާރުވޭ! މިހާރު ވެސް މާ ލަސްވެއްޖެ! ކޮއްކޮ ގުޅައިވެސްފި!“

އަޔާޒު ގޮސްވަނީ މަންމަމެން ތިބި އަޔާޒު އުޅޭ ކޮޓަރިއަށެވެ.

އިފާ އާއި އަޔާޒާއި އަޔާޒު މަންމަ އަދި ކުޑަ ކުޑަ އިއްޒަ ހޮސްޕިޓަލުގެ ޝައިބާ ބާއްވާފައި އޮތް ރޫމަށް ވަދެގެން ދިޔައިރު އެއިން ކޮންމެމީހެއްގެ ވެސް ހިތުގައި އުފެދިފައިވާ ސުވާލަކީ އިއްޒަ ފެނުމުން ޝައިބާއަށް ވާނެ ގޮތެކެވެ.

އެންމެންތައް އެ ރޫމަށް ވަނީ އެކުއެކީގައެވެ. އޭރު ޝައިބާ އޮތީ ލޯ މެރިފައެވެ. ހީވާގޮތުން އިންތިޒާރު ދިގުވެގެން ގޮސް ޝައިބާއަށް ނިދުނީއެވެ.

ހައްވައަށް ވީ ގޮތަކީ ޝައިބާ ފެނުނުމުން ބަޑިފަޅައިގެން ދިޔައީއެވެ. މާމަގެ މޫނަށް ބަލާލެވުނު އިއްޒާއަށް ލިބުނީ ޙައިރަންކަމެކެވެ. މުޅިން އާ މާހައުލެއްކަމުން މަންމަ ފެނުމުން އެ ތުއްތު ތުއްތު ކުއްޖާފުޅަށް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެކަމަކުވެސް މަންމަޔާ ގާތްވެލާ މަންމަގެ އަތްތިލަ މަތީ އަތް ބާއްވައިލިއެވެ. އަޔާޒު އުޅުނީ އަޔާޒުގެ މަންމަ މަސަލަސް ކުރެވޭތޯއެވެ.

އިފާ،ޝައިބާ އޮތް އެނދުގެ ބޯލާކޮޅުން ހުއްޓިހުރެ މަޑުމަޑުން ޝައިބާގެ ކޮލުގައި ކޮއްޓާލަމުން ޝައިބާއަށް ގޮވައިލިއެވެ.

ދެލޯ ހުޅުވުނު ޝައިބާއަށް ކުރިމަތީ ހުރި އަމިއްލަ ދަރިފުޅު ފެނުމުން އުފަލުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގުނެވެ. ތެދުވަން އުޅުމުން އިފާ އައިސް އިއްޒާ ނަގާ ޝައިބާ ގާތު އެނދުގެ މަގަތުގައި ބައިދާލަ ދިނެވެ. ސަލާމަތުން އޮތް އަތުން ދަރިފުޅު ގެނެސް މޭމަތީ ބާއްވާލާ ބޮނޑިކޮށްލި ޝައިބާއަށް ކެތެއް ނުކުރެވުނެވެ. ލޯބިވާ ފިރިމީހާގެ ވަކިވެދިއިއުމުން ހިތަށް ނުލާހިކު އަސަރުކޮށް، ދަރިފުޅުގެ ބައްޕަ އަބަދަށްޓަކައި އެ ދަރިފުޅާ ވަކިވި ކަމުގެ އިޙުސާސްވުމުން، އެ ދަރިފުޅު ޔަތީމުކުއްޖަކަށް ވީއޭ ހިތަށް އެރުމުން ވަކިން ބާރަށް ރޮއެ ގަނެވުނެވެ. އިއްޒާއަށް އަޔާޒުގެ ލޯބި ކިހާ މުހިންމުވާނެ ކަމާ އިއްޒާ ޝަނޫން ކިހާ މިސްވާނެ ކަން ޝައިބާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ ޚިޔާލު ހިތަށް އައުމުން ލަގޮނޑި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ދަރިފުޅުގެ މޫނުންނާ އެކި ތަންތަނުގައި ބޮސްދީ ހަދަމުން ދިޔައިރު އެއީ އަވަހަކަށް ހުއްޓާލާނެ ކަމެއް ހެނެއް ވެސް ހިއެއް ނުވެއެވެ.

”މަންމީ،ބައްޕި ކޮބާ !“

ކުޑަކުޑަ އިއްޒާގެ އަޑުން ތަނަށް ވެރިވީ މަރުފަދަ ހިމޭން ކަމެކެވެ. ކޮންމެ މީހެއްގެ ހިތް ހުއްޓުނު ފަދައެވެ. އެއަށް ދޭނެ ޖަވާބެއް އެކަކަށް ވެސް ނޭނގުނެވެ.

ދުރުގައި ހުރި ސޯފާ ގޮނޑީގައި އަޔާޒުގެ ގައިގާ ލެނިގިލައިގެން އިން ހައްވައަށް ވެސް އިސް އުފުލާ ބަލައިލެވުނެވެ. ހައްވައަށް އިއްޒާ ބުނި އެއްޗެއް މުޅިން ސާފު ނުވަނީކަންނޭނގެއެވެ. ބަލައިލީ އިފާގެ މޫނަށެވެ. ދޭހަކުރަން ސުވާލު ކޮށްލިކަހަލައެވެ. އެހެންނަމަވެސް އަޔާޒަށް އިއްޒަ ބުނި އެއްޗެއް އެނގުނެވެ.

އިފާ ކުރިއަށް ޖެހިލާ އިއްޒަ ނަގަން އުޅެގަތް ވަގުތު ޝައިބާ މޫނުގައި އަތްއަޅާ ބާރަކަށް ރޮއެގަތެވެ.

”ޝަނޫން! ޝަނޫން! އަޅެ ކީއްވެ ތިހާ އަވަހަށް އަހަރެމެން ދޫކޮށްލާފަ ތި ދިޔައީ!“

ޝައިބާގެ ރުއިމުން މުޅި ކޮޓަރިތެރެ ގުގުމައިލިއެވެ.

މަންމަ ދޫކޮށްލާފަ އަޔާޒުގެ ގޮސް ހިފެހެއްޓި ކޮއްކޮގެ އަތުގައެވެ. އެހެންނަމަވެސް ކޮއްކޮއަށް ހިތްވަރުދޭން ބޭނުންކުރާނެ އެންމެ ލަފުޒެއް ވެސް އެ ދުލަކަށް ނައެވެ. އަޔާޒަށް ވެސް ވީ ގޮތަކީ ކޮއްކޮގެ ހިތްފަޅައިގެންދާ މަންޒަރު ފެނުމުން އަޔާޒުގެ ލޮލުން ވެސް ކަރުނަ ހިލިއްޖެއެވެ.

އިފާ ކުޑަކުޑަ އިއްޒަ ގޮވައިގެން ގޮސް އިށީނީ އޭނަގެ މާމަ ގާތުގައެވެ.

”ކޮއްކޮ ބޭނުންތަ ބައްޕިއާ ބައްދަލުކުރަން!“

އިފާ ކުރީ އެކަކުވެސް ހީ ނުކުރާ ސުވާލެކެވެ. އަޔާޒާއި ހައްވައާ ދެމައިން ލޯބޮޑުކޮށްގެން އިފާއަށް ބަލަހައްޓައިގެން ތިއްބެވެ.

”ކޮއްކޮއަށް އެނގޭތަ ކޮއްކޮގެ ބައްޕި ވީތަނެއް؟“

އަނެއްކާވެސް ހަމަ އެފަދަ ސުވާލެކެވެ.

”އިފާ!“ އަޔާޒަކަށް ކެތެއް ނުކުރެވުނެވެ.

އިފާ އަތް ހިއްލާލީ އަޔާޒު ކައިރީ މަޑުކުރާށޭ ބުނާފަދައަކުންނެވެ.

ފުރަތަމަ ފަހަރު އާނއެކޭ ބުނެ އިއްޒަ ބޯޖަހައިލީއެވެ. ދެވަނަ ފަހަރު ބޯޖަހައިލީ ނޫނެކޭ ބުނެއެވެ.

”އިފާ ދައްތަ ބުނަންތަ!“

އިއްޒަ ބަލައިލީ އިފާގެ މޫނަށެވެ. އަދި ދެއަތުން އިފާގެ އަތުގައި ހިފައިލިއިރު އިނީ އެ ކުޑަ ކުޑަ މައުސޫމު ދެލޮލުން އިފާއަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުން ހެކިދެމުން ދިޔައީ އެ ކުއްޖާ އެކުއްޖާގެ ބައްޕައަށް ބޭނުންވެފައިވާ މިންވަރެވެ. ބައްޕަ ގާތަށް ދާން ކުރާ އާދޭހެވެ. އެ ބައްޕަ ދުށުމަށް އެދޭ މިންވަރެވެ.

”ކޮއްކޮގެ ބައްޕަވީ…..!“ އިފާ ބަލައިލީ އަޔާޒަށެވެ. ދެން ވަށްކަޅިން ޝައިބާއަށެވެ.

”އިއްޒަކޮއްކޮގެ ބައްޕަވީ ސުވަރުގޭގަ!“ އިފާގެ އަޑު އިވުމުން އެތާ ތިބި އެންމެންގެ ނަޒަރު އަމާޒުވީ އިފާއަށެވެ. އެހެންވިޔަސް ފަރުވާލެއް ނުބަހައްޓާ އިފާ ކުރިއަށް ގެންދިޔައެވެ.

”ބައްޕަ ހުރީ ވަރަށް އުފަލުން!…… ކޮއްކޮއަށް ބައްޕަ ގާތަށް ވަރަށް ފަސޭހައިން ދެވިދާނެ!“

އިއްޒަގެ ނޭފަތުގެ ކޮޅުގައި ހިފާ ކުޑަކޮށް ހަލުވާލަމުން އިފާ ވާހަކަ ދެއްކިއެވެ.

”ކޮއްކޮ ކުރަންވީ ކަމަކީ ބައިވަރު ޤުރުއާން ކިޔަވާފަ ނަމާދު ކުރަންވީ! އަދި މަންމިގެ ބަސްއަހަންވީ! އޭރުން ބައްޕި ގާތަށް ދެވޭނެ!“

އިފާ ދެކަކޫ ޖަހައިގެން އިއްޒަ ގާތު އިނދެ އިނދެ ފައި ވާޅުވެގެން ތެދުވެއްޖެއެވެ. އަދި އިއްޒަގެ އަތުގެ އިނގިލީގައި ހިފައިގެން ހިނގައިގަތީ އެ ކޮޓަރީގެ ބެލްކަންޏާ ދިމާއަށެވެ. ދެކޮޅު ހެދުމެއްނެތި އިއްޒަ ވެސް އިފާއާ އެކު ކުރިއަށް ދިޔައެވެ.

”ތީ މިހާރުވެސް ވަރަށް ބަސްއަހާ ކުއްޖެއްނު! ދޯ! މަންމި އެ އޮތީ ބަލިވެ…. މަންމަ ރަނގަޅުވީމަ ދެން ބައް ޕިގެ ވާހަކަ ދައްކާތި އިނގެ!“

އެންމެ ފަހުން އިއްޒައާ މުޚާތަބު ކުރި ވާހަކަކޮޅު އިފާ ދެއްކީ ބެލްކަނީގައި ހުއްޓެމުންނެވެ.

”އިފާ!“

އަޔާޒުގެ އަޑު ފަހަތުން އިވުމުން އިފާ ބަލައިލިއެވެ. އަޔާޒު ހުރީ ވަރަށް ގާތުގައެވެ. އިފާގެ ނޭވާގެ ހޫނު އެ މޫނަށް އެޅޭހާ ގާތުގައެވެ. އެހެންކަމުން އިފާ ކުޑަކޮށް ފަހަތަށްޖެހިލިއެވެ.

”ތޭންކްސް! …… އަހަރެން ކިހިނެތް އިފާއަށް ޝުކުރު އަދާކުރާނީ ވެސް! މިވަގުތު އިފާ އަހަރެމެނާ އެކު ނެތްނަމަ……… ނެތް ނަމަ!“

ޖަޒުބާތީވެފަ ހުރިވަރުން އިފާގެ އަތުގައި ހިފުނުކަމެއް ވެސް އަޔާޒަކަށް ނޭނގުނެވެ. އެ އަތް ގެންގޮސް މަޑުމަޑުން އަޔާޒުގެ ނޭފަތުކޮޅުގައި ޖައްސައިލިއެވެ. އިފާއަށް ހީވީ މުޅިދުނިޔެ އެނބުރިގަތް ހެންނެވެ. މި ފެންނަނީ ހުވަފެނެއް ނޫންކަން ކަށަވަރުކުރަން ވެސް އިފާ ބޭނުމެވެ. ފަޅި ސިކުންތެއްގެ ތެރޭ އަޔާޒުގެ ފަރާތުން މި ފެނުނީ ދުވަހަކުވެސް އިފާ އުންމީދުކުރި ކަމެއްނޫނެވެ.

ނޫނެކެވެ. އެއީ ޙާލަތު ނިޔާކުރިގޮތުން އަޔާޒުކުރިކަމެކެވެ. އިތުރު އެއްޗެއް އަޔާޒުގެ ހިތުގައި އޮންނަންވީ ކީއްކުރަންހެއްޔެވެ! އަޔާޒަކީ މީހެއްގެ ފިރިއެކެވެ.

ހަމަބިމަށް އާދެވުމާއެކު އިފާ އަތް ދަމައިގަތެވެ. އަޔާޒު ވެސް އިފާގެ އަތް ދޫކޮށްލީ ކުރެވުނީ ރަނގަޅުކަމެއް ނޫންކަން ވިސްނުނީމައެވެ.

އިފާ އިއްޒަ ގޮވައިގެން ރޫމަށް ވަންއިރު ޝައިބާ ވެސް އޮތީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ހައްވައްތަ އިނީ ޝައިބާ ގާތުގައެވެ. ދެމައިން އެކަކު އަނެކެއްގެ ކަރުނަ ފޮހެދެމުން ވާހަކަ ދައްކަނީއެވެ. އިރުކޮޅަކު އެދެމައިންގެ ޙަރަކާތްތަކަށް ބަލަން ހުރުމަށްފަހު އަނެއްކާ ވެސް ޝައިބާ ގާތު އިއްޒަ ނަގާބައިންދައިގެން އިފާ ސުވާލުކުރީ އެންމެ ކުރަހާ ހިތްވާ އެއްޗަކާ ބެހޭ ގޮތުންނެވެ.

”އިފާ! އަހަރެން ގާތު މިތާ ކޮއްކޮ ބާއްވާ! އޭނަ ގެއަށް ގެންދާނެ ކަމެއް ނެތް!“

ޝައިބާ ބޭނުންވާގޮތް ހަދައިދިނުން ވަރަށް މުހިންމުކަމުގައި އިފާ ދުށްޓެވެ. އެކަން ވެގެންދާނީ ޝައިބާގެ ހިތާމަތަކަށް ލުއި ލިބިގެންދާނެ ފަރުވާއަކަށެވެ.

ކޮއްކޮގެ ބައެއް ސާމާނު ގެންނަންވީ ދޯ މިތަނަށް!“ އިފާ އެނބުރުނީ ހައްވައްތައާ ދިމާއަށެވެ.

”މަންމައަށް ވެސް ހީވަނީ ތި ގޮތް ރަނގަޅުހެން!……. އިފާ، އަޔާޒު ގޮވައިގެން ގޮސް ކޮއްކޮގެ ބޭނުންވާނެ އެއްޗެހި ގެނެސްދޭންވީނު! ދައްތަ މަޑުކުރާނަން!“

ހައްވަ ވާހަކަ ދެއްކީ އިފާއާއެވެ. ޝައިބާގެ މޫނަށް ބަލަމުންނެވެ.

އެ ޚިޔާލު އިފާއަށް ވެސް ކަމުދިޔައެވެ. އެހެންނަމަވެސް އަޔާޒުއާ ނުލާ ވެސް އިފާއަށް ދެވިދާނެއެވެ. އެކަމަކު ހައްވައްތަގެ ފޮށި އެއިން މީހަކުނެތި ހުޅުވާކަށް އިފާ ވެސް ބޭނުމެއްނޫނެވެ.

”ކާރަށް ގުޅަންވީ ދޯ! އެކަމު ބައްޕަ ނެތީމަ ޑްރައިވަރު ޗުއްޓީމީ!… ކިހިނެއް ހަދާނީ!“

އިފާ ސުވާލުކުރީ އއަޔާޒު ބޭނުން ގޮތެއް ނިންމުމަށް އަޔާޒާއެވެ.

”ހެނދުނު އަހަރެން އައި ސައިކަލް ވެސް އެބަހުރި! އިފާ ބޭނުމިއްޔާ……“

އަޔާޒު ޖުމުލަ ފުރިހަމަ ނުކޮށް ނިންމައިލިއެވެ. އިފާއަށް ނުބަލާ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ.

”ހަހަހާ! އަހަންނަކީ މިނިވަނެއް! އެކަން އަޔާށް އެނގޭނު!…ހަނދާން ނެތުނީތަ!“

އިފާ ވެސް ބޭނުންވީ ލާނެއް ވެލާށެވެ.

އަޔާޒު އިފާ ބުނި އެއްޗަކާގުޅުވައިގެން ވަކި އެއްޗެއް ނުބުނެއެވެ.

ސައިކަލު ކައިރިކުރުމުން އިފާ އަރައި އިށީނީ އެ ދެމެދުގައި ދުރުމިނެއް ބަހައްޓަމުންނެވެ. އިފާއަކީ މިނިވަނަކަށް ވިޔަސް އަޔާޒަކީ މީހެއްގެ ޙައްޤެކެވެ. އެކަން އިފާ ހަނދާނުގައި ބަހައްޓަން އަބަދުވެސް މަސައްކަތް ކުރެއެވެ.

ޝައިބާ ގެއަށް ބަދަލުކުރީ ޝައިބާގެ މަންމަމެން އައިތާ ހަފުތާއެއް ފަހުންނެވެ. އޭރު އަޔާޒު ހުރީ ޗުއްޓީ ހަމަވާތީ އަމިއްލައިން އެދިގެން އަޔާޒުގެ ޑިއުޓީ ރިސޯޓުގެ މާލޭ އޮފީހަށް ބަދަލުކޮށްގެންނެވެ. އެހެން ހެދުމުން ވަޒީފާއަށް ދަމުން މަންމަމެން ރަށަށް ދިއަޔަސް ޝައިބާ ގާތު ވާނުވާ ބަލަން އަޔާޒަށް ހުރެވޭނެއެވެ. އެ ގޮތަށް ނިންމީ ފަރުއީންއާ ވެސް ވާހަކަ ދައްކާފައެވެ.

ހައްވަ ރަށަށް ދާން އުޅުމުން އިފާ އެދުނީ ޝައިބާ ގާތު އެގޭގައި އިއްޒަ ބަހައްޓަފަ ދިއުމަށެވެ. އެއީ ޝައިބާ އިފާ ގާތު ނޭދުނަސް ޝައިބާ މިހާރު އެންމެ ބޭނުންވާނެ ކަންކަން އިފާއަށް އެނގެއެވެ.

”އަހަރެން ބޭނުން ވާހަކައެއް ދައްކާލަން!“

އިފާ އަޔާޒު ގާތު އެހެންބުނީ އަޔާޒު ކައިނިމިގެން ސިންކް ކައިރިއަށް އަތްދޮންނަން ކައިރިވުމުންނެވެ.

”އަހަރެން ވެސް އެބަ ޖެހޭ ވާހަކައެއް ދައްކަން! އެކަމަކު އަދި ފަހުން!“

އަޔާޒުގެ އަޑުގައި ވަނީ ސީރިއަސް ކަމެވެ.

”އަޔާ މަންމަ ގާތު ބުނަންވީނު އިއްޒާ މިކޮޅުގަ ބަހައްޓާށޭ! އަހަރެން އިއްޒަގެ ހުރިހާ ކަމަކާ ހަވާލުވާނަން!  ބަލާނަން! ޝައި ވެސް މިހާރު ބޭނުންވާނީ ކޮއްކޮ، ޝައި ގާތު ހުންނާކަންނު! އަޔާ މަންމަ އެއްގޮތަކަށް ވެސް އެއްބަސް ނުވެގެން މިއުޅެނީ! ކޮއްކޮ ގޮވައިގެން މަންމަ ގޮއްސިއްޔާ ޝައި ކިހާ ފޫހިވާނެ! އެހެންނޫނަސް މިހާރު ޝައިގެ ހުރިހާވެސް އެއްޗަކީ އިއްޒަނު!“

އިފާ ވާހަކަ ދެއްކީ ސިންކުގައި ހުރި ދެތިން ބިއްލޫރިތަށި ދޮންނަމުންނެވެ. އަޔާޒު ހުރީ އިފާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެކަން އިފާއަށް އެނގެއެވެ.

”އަހަރެން މަންމައާ ވާހަކަ ދައްކާނަން!“

އަޔާޒު އެނބުރިލިއެވެ. އިފާ އަކީ ހާދަ ދުރުވިސްނޭ އެހެންމީހުންގެ އިޙުސާސްތައް ދަންނަ ކުއްޖެކޭ އަޔާޒުގެ ހިތަށް ރެއަކާ ދުވާލެއްގެ ތެރޭ އެތައް ފަހަރަކު އަރައެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ވާހަކަ: ޒިވާ

ވާހަކަ: ޒިވާ

އޭޕްރިލް 16, 2021
ކުރުވާހަކަ: ހަސީނާ

ކުރުވާހަކަ: ހަސީނާ

އޭޕްރިލް 15, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 20

އޭޕްރިލް 14, 2021
ޒައިނާ – 01

ޒައިނާ – 01

އޭޕްރިލް 13, 2021

Comments 1

  1. Kamana says:
    2 weeks ago

    Mi bai ves reethi ekam thankolheh kuru

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޑރ.ނާޒުގެ ދުލުން: އެމްޑީޕީއަށް ވޯޓު ނުދެއްވަން ނިންމެވި ސަބަބު!

    ޑރ.ނާޒުގެ ދުލުން: އެމްޑީޕީއަށް ވޯޓު ނުދެއްވަން ނިންމެވި ސަބަބު!

    0 shares
    Share 0 Tweet 0
  • ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0
  • އަޅުގަނޑުމެންނަށް މި އޮތް ދެއަހަރުތެރޭގައި މުޢިއްޒު ނިކަމެތި ކޮށްލެވިދާނެ: ނަޝީދު

    0 shares
    Share 0 Tweet 0
  • ”މަރަށް މަރު ހިފުމަކީ ސިކް ބައެއް ކުރާކަމެއް ކަމަށް ބުނެ މެންބަރު ވަޙީދު ކުފުރުވެއްޖެ“

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In