އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި އެވެ.
ސަރުކާރުން މާޅޮސްގައި ބަނދަރު ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީއިން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ސައިޓް މޮބިލައިޒްކޮށްފައިވަނީ ރޭގައި ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކިއުބިކް މީޓަރު ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
އެމްޓީސީސީއިން އިތުރަށް ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށްވެ.
އެ މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ނިންމުމަށް ވަނީ 360 ދުވަސް ދީފައެވެ.