އެންތޮލޮޖީ ދިވެހި”ގުޅުން“ފިލްމުގެ ރަސްމީ ޓްރެއިލާ އާއްމުކޮށްފިއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ ”ގުޅުން“ ކުރު ފިލްމު ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ޢާއިޝަތު ފުއާދު ތަޢުފީޤެވެ.
ހުސެއިން އަދުދާންގެ ކެމެރާކުރުން ފެނިގެން ދާ މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހެދާފައި ވަނީ ވިޝާލް ޒަކީއެވެ.
”ގުޅުން“ ފިލްމުން ފެނިގެން ދާ ތަރިންތަކުގެ ތެރޭގައި ހުނަރުވެރި އެކްޓްރެސް ރިޝްމީ ރަމީޒް، އެކްޓަރު އަދި ޑައިރެކްޓަރ ރަވީ ފާރޫޤް، ފިޓް ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)، އެކްޓްރެސް އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާގެ ފެނިގެންދާ މި ފިލްމުގެ ޚާއްޞަ ފެނިލުމަކުން ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު ގެ އިތުރުން އިސްމާޢީލް ޖުމައިހް ވެސް ފެނިގެންދާނެއެވެ.
އެ ފިލްމުގެ ސައުންޑް އެޑިޓިން އަދި މިކްސިން ތައްޔާރުކޮށްފައި ވަނީ ޢަލީ ޝިފާޢު (ޗިއްޕެ)އެވެ. މި ފިލްމަށް މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ޙަސަން އާދަމްއެވެ.