ކޯވިޑް-19ގެ ހާލަތު ފްރާންސްގައި ގޯސްވެ 5000 އަށް ވުރެ ގިނަ މީހުނަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފްރާންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ޤައުމުގެ ހޮސްޕިޓަލުތަކުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން 5،072 މީހަކަށް އަންނަނީ ފަރުވާ ދެމުން ދާ ކަމަށާއި މިއަހަރުގެ ތެރޭގައި ކޯވިޑް ބަލި ޖެހިގެން އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިހާ ގިނަވި ފުރަތަމަ ފަހަރު ކަމަށެވެ.
ފްރާންސްގައި ކޯވިޑްގެ 3 ވަނަ ރާޅެއް ބިންދާލައިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެކަމަކު މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނުވިސްނާ ކަމަށް ފްރާންސްގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ހަމަކުރެއެވެ.
ފްރާންސްގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ހަމަކުރާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިނޭޝަން ޕްރޮގްރާމް ފުޅާ ކުރާނެ ކަމަށެވެ.
އަންގާރަ ދުވަހު ފްރާންސްގައި 30،602 މީހުން ވަނީ ކޯވިޑަށް ޖެހިފައިވެއެވެ. އެ ގައުމުން ކޯވިޑް ބަލިޖެހުނު ޖުމްލަ މީހުންގެ އަދަދަކީ 4,585,385 އެވެ.