ބުރާސްފަތި, އޭޕްރިލް 22, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ނައިފަރުގެ ރައްޔިތުން ގޭބަންދުކޮށް، ބިރުވެެރިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ހައްލެއްނޫން: ޝިޔާމް

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
މާރޗް 31, 2021
ޚަބަރު
0
އުސޫލުތައް އެކުލަވައިލާފައިވަނީ ހަމައެކަނި އެމްޑީޕީއަށް ކެމްޕެއިން ކުރެވޭގޮތަށް: އެމްޕީ ޝިޔާމް

ޅ.ނައިފަރުގެ ހުރިހާ ގެއެއްގައި ޓޭޕް ދަމައި، މޮނިޓަރިންނަށްލަ، ރައްޔިތުން ގޭބަންދުކޮށް، ބިރުވެެރިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ހައްލެއް ނޫންކަމަށް ވިދާޅުވެ، އެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ADVERTISEMENT

ނައިފަރުގައި ކޮވިޑު ފެތުރެން ފެށުމުން އެ ރަށް ވަނީ މޮނިޓަރިންގެ ހާާލަތަށް ގެނެސްފައެވެ. އެ ރަށުން މިހާތަނަށް 56 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. 5000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުގެ 81 ގެއެއްގައި ވަނީ މީހުން ކަރަންޓީނުކޮށްފައެވެ.

ނައިފަރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި, ޝިޔާމް ވިދާޅުވީ ނައިފަރަކީ ވަރަށް ބޮޑަށް ތޮއްޖެހިގެން ޢާއިލާތައް ދިރިއުޅޭ ރަށަކަށްވާއިރު, އެޗްޕީއޭއިން މިފަދަ ހާލަތްތަކުގައި ޢަމަލުކުރާ ޢާންމު ގައިޑުލައިނަކީ, ނައިފަރު ކަހަލަ ރަށަކަށް އެންމެ ރަނގަޅު ގައިޑުލައިންތޯ ވިސްނައިލަން ޖެހިފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ނައިފަރުގެ ގެއަކުން ޕޮޒިޓިވް ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދާއިރު އޮންނަނީ މުޅި ހިސާބުގެ ގެތަކުގެ މީހުން އައިސޮލޭޝަނަށް ދާން ޖެހިފައިކަމަށެވެ.

”ހުރިހާ ގެއެއް ޓޭޕްދަމާ މޮނިޓަރިންއަށްލަމުންދަނީ. ގޭބިސީއެއްގައި 10-15 މީހުން ދިރިއުޅޭއިރު މިގޮތަށް ތޮއްޖެހިގެން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓައިލާ ތިބެން ޖެހުމުން ދިމާވާ މައްސަލަތައް މަދެއް ނުވާނެ. މުއައްސަސާތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ފަރާތްތަށް އެކީހެން އައިސޮލޭޝަނަށް ދާންޖެހޭ ހިސާބަށް ދިއުމަކީ މިހާރު ނަތީޖާތައް އަންނަގޮތުން ދުރުގައިވާ ކަމެއްނޫން. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މުޅި ރަށް އެކީ ހުއްޓުމަކަށް އަތުވެދާނެ.“ ނައިފަރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެންމެ މުހިންމު މުއައްސަސާތަކުގެ ގިނަ ޢަދަދެއްގެ ފަރާތްތަކެއް މިހާރު ވެސް ވަނީ އައިސޮލޭޝަންގައި ކަމަށެވެ. ހަމައެހެންމެ ޅ.އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ވަސީލަތް މި ވަގުތު ނެތުމަކީ މި ހާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއްކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

”ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ނުލިބި އެތައް ދުވަހެއް އިންތިޒާރު ކުރަންޖެހުމަކީ ވަކިވަކި ފަރުދުން އަދި މުޖުތަމަޢު ނަފްސާނީ ހާސްކަމުން ބަލިކަށިކޮށްލާ ކަމެއް. އަދި ރަށުގެ ޙަޤީގީ ހާލަތު ދެނެގަންނަން އޮތް ވަރަށްބޮޑު ގޮންޖެހުމެއް. އަޅުގަނޑު މިދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގުޅައި ހާލަތު ބަޔާންކޮށްދީ, އަދި ހާލަތު ބަދަލު ކުރުމަށް ރަނގަޅު އަވަސް މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދެމުން. އަދި މި ނޭވާގައި ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ވީ އެންމެ އަވަސް އެންމެ ރަނގަޅު ފިޔަވަޅުތަކެއް މިކަމުގައި އަޅުއްވައިދެއްވަން. ހުރިހާގެއެއްގައި ޓޭޕް ދަމާ މޮނިޓަރިންނަށްލައި, ރަށުގެ ރައްޔިތުން ގޭބަންދުކޮށް ރައްޔިތުން ބިރުވެެރިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ހައްލެއްނޫންކަމުގައި ދަންނަވަން.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ނައިފަރަށް މި ވަގުތު އެހީތެރިކަން އިންތިހާއަށް ބޭނުންވާކަން ފާހަގަކުރައްވައި، ކޮވިޑް ޓެސްޓު ކުރެވޭނޭ ވަސީލަތް ވަގުތުން ޤާއިމުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ސިއްހީ އިތުރު މަސައްކަތްތެރިން ބޭނުންވާ ކަމަށާއި، ތަންފީޒީ އިދާރާތަކުގެ އިންސާނީ ވަސީލަތް އިތުރުކުރަންޖެހޭކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިޔާމް ވަނީ މި ދަނޑިވަޅުގައި ނައިފަރުގެ ދަރުމަވެެރިންގެ ފަރާތުން ފެންނަ އާދަޔާ ޚިލާފު ޚިދުމަތްތެރި މަސައްކަތްތައް ފާހަގަކުރައްވައި، އެ މީހުންގެ މަސައްކަތުގައި ބަރަކާތްލެއްވުމަށް އެދި ދަންނަވާފައެވެ. އަދި ކޮވިޑުގެ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި، އެ ޢާއިލާތަކަށާއި، ރަށުގެ ލޮބުވެތި ރައްޔިތުންނަށް ކެތްތެެރިކަމާއި ރައްކާތެެިކަން ދެއްވުމަށް ވެސް ޝިޔާމް ވަނީ ރައްބުގެ ޙަޟްރަތަށް ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް

”ވެރިކަމަށް އައިގޮތަށް ދޫކޮށްލީ ރޭޕް ކޭސްގައި ހުރި މީހެއް، ބިރުވެރިކަން އިންތިހާ“

”ވެރިކަމަށް އައިގޮތަށް ދޫކޮށްލީ ރޭޕް ކޭސްގައި ހުރި މީހެއް، ބިރުވެރިކަން އިންތިހާ“

އޭޕްރިލް 22, 2021
ލޯޖެހި އަޙްމަދު މަނިކު އަވަހާރަވެއްޖެ

އަލްމަރުޙޫމް ލޯޖެހި އަޙްމަދު މަނިކުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން މާދަމާ!

އޭޕްރިލް 22, 2021
މާލޭ މަގަކުން ދިޔަ އަންހެނަކު ޖަހައިގަނެގެން ރޭޕްކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މާލޭ މަގަކުން ދިޔަ އަންހެނަކު ޖަހައިގަނެގެން ރޭޕްކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އޭޕްރިލް 22, 2021
ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

އޭޕްރިލް 22, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0
  • ޤިޞާޞް ހިފުމަށް އިންކާރުކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވެއްޖެ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ކަނަމަދު ކޭކު

    0 shares
    Share 0 Tweet 0
  • ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In