ގެެއްލިގެން ހޯދަމުން ދިޔަ ސިފައިންގެ މީހާ ފެނިއްޖެއެވެ.
ލ.ކައްދޫގެ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން، ގެއްލުނީ ލ.މާބައިދުއަށް ނިސްބަތްވާ ލާންސް ކޯޕްރަލް ޙުސައިން ފާރިޝްއެވެ.
އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ޑައިވްކުރަނިކޮށް ފާރިޝް ފެނުނީ މޫދު އަޑިންނެވެ.
ފާރިޝްގެ ހާލަތާއި ގުޅިގެން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެމްއެންޑީއެފުން އަންނަނީ ފާރިޝްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.