ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން(އެސްޓީއޯ) އިން ރާއްޖެ ގެންނަ އަލުތްވާއި، ބިހާއި، ފިޔާގެ އަގު ހެޔޮކޮށްފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯއިން ބުނީ މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަ ކޮށްފައިވާ އަގުތަކުގެތެެެރޭގައި، އަލުވި ކިލޯއެއް ވިއްކަން ހަމަޖެހިފައިވަނީ 9 ރުފިޔާއަށް ކަމަށެވެ. ހަމައެހެންމެ އަލުވި ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 185 ރުފިޔާއަށް ކަމަށެވެ.
ފިޔާ ކިލޯއެއް ވިއްކަން ހަމަޖެހިފައިވަނީ 9.50 ރުފިޔާއަށް ކަމަށްވާއިރު، ފިޔާ ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 200 ރުފިޔާއަށް ކަމަށެވެ.
އޭގެ އިތުރުން ބިހެއް ވިއްކަން ހަމަޖެހިފައިވަނީ 4.40 ރުފިޔާއަށްކަމަށްވާއިރު، ބިސްކޭހެއް ވިއްކަން ހަމަޖެހިފައިވަނީ 265 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
Ran bis dho
ބިސް 4.40 އެކީއްވެ