މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެ ސިޓީއަކަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ ފުވައްމުލަކު ސިޓީއަށާއި, އައްޑޫ ސިޓީއަށެވެ.
އެއީ މިރޭ 21:00 އިން ފެށިގެން މެންދަމު 02:00 އާއި ހަމަައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައެވެ. ހަމައެހެންމެ އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.