ރ.އަތޮޅު ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެ އޮފިސަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދުގެ ހިތަށް ތަދުވެ، ރޮއިލައްވައިފިއެވެ.
މިހާރު ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައި ދެއްކެވި ވާހަކައިގެތެރެއިން ޙަމީދު ވަނީ ރ.އަތޮޅު ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެ އޮފިސަރަކު ދެއްކެވި ވާހަކައެއްގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.
”ރ.އަތޮޅު ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި އިން އޮފިސަރަކު، އަޅުގަނޑު ގާތު ބުނާ ވާހަކައަކީ، މާލޭގައި ބޭނުންކުރާ ޓްރެފިކް ވެސްޓް، މާލެއަށް އާ ވެސްޓެއް ލިބުނީމާ ކުރިން ބޭނުންކުރި ވެސްޓ ތިމަންނަމެންނަށް ހޯދައިދެއްވާންވީ ނޫންހޭ.“ ޙަމީދު ވިދާޅުވިކަމަށް މިހާރުން ރިޕޯޓުކޮށްފައިވެއެވެ.
މިހެން ވިދާޅުވެ ނިމުނުތަނާ ޙަމީދު ރޮއިލެއްވި ކަމަށާއި، ނީރައިލި ކަރުނަފޮދު ފޮހެލެއްވިކަމަށް މިހާރުން ބުނެފައިވެއެވެ.
ޙަމީދު ވިދާޅުވި ގޮތުގައި އެހެން ދިމާވީ އެ އޮފިސަރު ދެއްކި ވާހަކައިން ހިތަށް ކުރި އަސަރުންނެވެ.
ޙަމީދު ރޮއިލައްވައިފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް، އެ މިނިސްޓްރީގެ ކުރީގެ މިނިސްޓަރު ޢަލީ ވަޙީދު ޖިންސީ ގޯނާކުރެއްވިކަމަށް ބުނާ މައްސަލައިގައްޔާއި، ކޮވިޑުގެ ހާލަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ކީރިތިކުރައްވާފައެވެ.
ބައެއް ފަރާާތްތަކުން ދެކޭ ގޮތުގައި އެއީ ޖައްސަވާ ސްޓަންޓެވެ. ނަމަވެސް އަނެއްބައި ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރައްޔިތުންނަށް އިޚްލާސްތެރިވެ ވަޑައިގަންނަވާކަމުގެ އަލިގަދަ ދަލީލެކެވެ.
ތިޔައީ ހަމަޖަށްސާ ސްޓަންޓް ކޮންފަދަ ބޮޑެތި އަނިޔާއެއްފުލުހުން ފޮނުވައިގެން އިދިކޮޅުމީހުންނަށްދެނީ ތިޔަހަމީދު ލޮލުން ކަރުނައެއްނާދޭ އަސަރެއްވެސްނުކުރޭ އަނިޔާކުރަން ފޮނުވައިގެން ވަރަށްސާފް