އާލާސްކަންފުޅެއްގައި އުޅުއްވުމުގެ ސަބަބުން މަޖިލީހަށް ހާޒިރުނުވާތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ކޮމަންޑޫ ދާއިރާގެ މަޖިލީސް މެމްބަރު ހުސައިން ވަހީދު އަލުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވާން ފަށައިފި އެވެ.
ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ބައިވެރިވެވަޑައިންނަވާފައިވަނީ އިއްޔެއެވެ.
އިއްޔެގެ ޖަލްސާގައި އެއްވެސް ބަހުސްއެއްގައި އޭނާ ބައިވެރިވެލައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގައި އޭނާ ވާހަކަދައްކަވާފައިވެއެވެ.
އޭނާގެ ވާހަކަ ފެއްޓެވުމުގެ ގޮތުން ވަނީ ގިނަ ބަޔަކަށް ޝުކުރު އަދާކުރައްވާފައެވެ. އެހެންނަމަވެސް ބަލި ހާލަތާ ގުޅޭގޮތުން އިތުރު ވާހަކައެއް އޭނާ ދައްކަވާފައެއް ނުވެއެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ހޯއްދެވުމަށް ވަޑައިގެންނެވިއިރު އޭނާ އެތަނުގެ އައިސީޔޫގައިވެސް އޮތް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މިހާރު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާން ފެށިނަމަވެސް އަދިވެސް ހާލުކޮޅު އެއްކޮށް ރަނގަޅު ނޫން ކަމަށް ވިދާޅުވެއެވެ.
ދެން އިސްތިއުފާ ދޭންވީނު އަހަރު ދުވަހު ހާޟިރުނުވެ ހުއްޓަސް ހަމަ މުސާރަ ލިބޭބާ!